Media ah Rahkaatherikan dhinumugai ithurah samaalukan dheynan: Fuluhun
image
ކުއްޖާގެ ބައްޕަ ދިރިއުޅުނު ފްލެޓް ކައިރީ ގިނަ ބަޔަކު އެއްވެފައި-- ފޮޓޯ: މުހައްމަދު އަޒީޒު
0 ކޮމެންޓް
 

މީޑިއާއަށް ރައްކާތެރިކަން ދިނުމުގައި އިތުރަށް ސަމާލުކަން ދޭނަން: ފުލުހުން

އެއްވުންތަކުގައި ހުރިހާ ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ކަންކަމުގެ ތެރެއިން ފުލުހުން މީހުންގެ މޫނަށާއި އަދި ކެމެރާއަށް ވެސް އަލިކޮށްފައިވާ ކަމުގެ ޝަކުވާތައް މީޑިއާތަކުން ކޮށްފައި ކަމަށް ވިދާޅުވެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިޔާ ޒާހިރު ވިދާޅުވީ ގްރައުންޑުގައި ތިބި ފުލުސް މީޑިއާގެ ސްޓާފުން ވަނީ ނޫސްވެރިން ހޯދަން މަސައްކަތްކޮށްފައި ކަމަށާއި ނަމަވެސް އެތަން އަނދިރިވެފައި މީހުން ގިނަކަމުން ނޫސްވެރިން ލޮކޭޓް ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އިޒްމިޔާ ވިދާޅުވީ ލޮކޭޓް ކުރެވުން މީޑިއާތަކުގެ ކައިރީގައި ފުލުސް މީޑިއާއިން ހަރަކާތްތެރިވި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވުންތަކުގއި ހުރިހާ ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް ވެސް އަޅާނެ ކަމަށެވެ.

"އެރޭ އެތަނަށް އެއްވެ ތިބި ބައެއް މީހުން ދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅަމުން އަދި ފުލުހުންނާއި ދިމާލަށް ގާއުކަމުން ދިޔައީ،"

އިޒްމިޔާ އިތުރަށް ވިދާޅުވީ ގާއުކަމުންދިޔައީ ކޮން ބައެއްތޯ ބެލުމަށް ފުލުހުން ދިޔައީ އެކި ދިމާލުތަކަށް އަލިކުރަމުން ކަމަށެވެ. އެކަމަކު އެއީ ނޫސްވެރިންނަށް ޖެއްސުން ކުރަން ކުރި ކަމެއް ނޫންކަން ފާހަގަކުރައްވަ އެވެ.

އޭގެ އިތުރުން ވިދާޅުވީ އެތަނުގައި ހިނގި ހަމަނުޖެހުންތަކުގައި 17 ފުލުހަކަށް އަދި އެތައް އާންމުންގެ ބަޔަކަށް ވެސް އަނިޔާވި ކަމަށެވެ. އަދި އެތަނުގައި ފުލުހުން ބާރުގެ ބެނުންކޮށްފައިވާތީ އަދި މީހުންނަށް އަނިޔާވެފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް ވެސް އިޒްމިޔާ ވިދާޅުވި އެވެ.
ހިޔާލު