Male ge uthuru faraathu falhugai gina dhuvas vandhen nudhuvvaa huri ulhandhuthah naganee
image
މާރުކޭޓް ކައިރީ ފަޅުގައި އަޅާފައި ހުރި އުޅަނދުތަކެއް--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މާލޭގެ އުތުރު ފަރާތު ފަޅުގައި ގިނަ ދުވަސް ވަންދެން ނުދުއްވާ ހުރި އުޅަނދުތައް ނަގަނީ

މާލޭ މަސް މާރުކޭޓް ސަރަހައްދުގައި ގަވައިދާއި ހިލާފަށް ހުރި އުޅަނދުފަހަރާއި ގިނަ ދުވަސްތަކެއް ވަންދެން ނުދުއްވާ އަޅާފައި ހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތާ ގުޅިގެން ފުލުހުން ބުނީ މާލެ އާއި ވިލިމާލެ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި ހުރި އުޅަނދު ފަހަރުތަކާއި ގިނަ ދުވަސްތަކެއް ވަންދެން ދަތުރުނުކޮށް ފަޅުގައި އަޅާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކަމާ ގުޅުންހުރި އިދާރާތަކާ ވެސް ގުޅިގެން މިމަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ފުލުހުން ބުނި ގޮތުގައި މި މަސައްކަތް ފަށާފައި މިވަނީ މާލެ ސިޓީ ކައުންސިލާއި ކަމާ ގުޅޭ އެހެން އިދާރަތަކާއި މަޝްވަރާކޮށް ދިރާސާ ތަކެއް ވެސް ކުރުމަށްފަހު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު މަސް މާރުކޭޓް ހިމެނޭ ސަރަހައްދުން ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ބަލައި ފާސްކޮށް ގަވައިދާ ހިލާފަށް ހުރި އުޅަނދުތަކާއި، ދުވަސްތަކެއް ވަންދެން ނުދުއްވާ ހުރި އުޅަނދުތައް ފާހަގަކޮށް ނަގާނެ ކަމަށްވެސް ފުލުހުން ފާހަގަކުރެ އެވެ.

މާރުކޭޓް ސަރަހައްދުގައި އޮންނަ ފަޅުގައި ގިނަ އަދަދެއްގެ މަސް ދޯނި ފަހަރާއި ބޯޓު ފަހަރު އަޅާފައި އޮވެ އެވެ.
ހިޔާލު