Umurah balaa, jinsee furahsaara kuri meehaa dhookohlli iru, Raees Maumoon lee jalah!
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އުމުރަށް ބަލައި ޖިންސީ ފުރައްސާރަ ކުރި މީހާ ދޫކޮށްލިއިރު، ރައީސް މައުމޫން ލީ ޖަލަށް!

މިފަހުން ރާއްޖެ ސިއްސުވާލި ވާހަކައަކީ އުމުރުން ދެ އަހަރު ނުވާ ކުޑަ ކުއްޖަކާއި އެ ކުއްޖާގެ ކާފަ އަދި މުނި ކާފަ ބެހުނު ވާހަކަ އެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ކާފަ، މުނިކާފަ އަދި ބައްޕަ ހައްޔަރުކޮށް ބަންދު މުއްދަތު ވަނީ ޖަހާފަ އެވެ.
އެކަމުގައި އާންމުންގެ ނުރުހުން އިންތިހާއަށް ޖެންޑާ މިނިސްޓްރީ އަށް އޮތެވެ. އަދި ހާއްސަ ގޮތެއްގައި އެކަމުގައި އާންމުންގެ ނުރުހުން ފުލުހުންނަށް އަމާޒުވި އެހެން ކަމެއް އެބައޮތެވެ.

ދެ އަހަރު ނުވާ ކުޑަ ކުއްޖަކާ ބެހުނު މައްސަލައިގައި އެ ކުއްޖާގެ މުނި ކާފަ ހައްޔަރުކޮށްފައި ހުރި އިރު، ފުލުހުން ބުނެފައިވަނީ މިއީ އޭނާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައި ހުރި ކަމަށެވެ. އެހެންނަމަވެސް އުމުރަށް ބަލާފައި އޭނާ ދޫކޮށްލުމަށް ފުލުހުން ނިންމީ ކަމަށް ބުނެފައިވެ އެވެ.

އުމުރަށް ބަލާފައި ކަމަށް ބުނެ އެ މީހާ 2018 ވަނަ އަހަރު ފުލުހުން ދޫކޮށްލާފައި ބެހެއްޓެއިރު، ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަމުން އަންނަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓި ގޮތާއި މެދު އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ރައީސް މައުމޫން ޖަލުގައި ބެހެއްޓި އިރު، އެމަނިކުފާނުގެ އުމުރަށާއި، ބަލިހާލަތަށް ރިއާޔަތް ކުރުމަށް އާއިލާ އާއި ވަކީލުން ތަކުރާރުކޮށް އެދުނެވެ. އެހެންނަމަވެސް ފުލުހުން އޭރު އެކަމަށް ދިނީ ބީރު ކަންފަތެކެވެ. ސޯޝަލް މީޑިއާގައި ފާޅުކުރަމުން އަންނަ ހިޔާލުތަކުން ފެންނަނީ، އެކި މީހުންނާއި މެދު ފުލުހުން ތަފާތު ކޮށް އަމަލުކުރަމުން އަންނަކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކެވެ. ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ކަންކަމުގައި ވަންނަ ވާހަކަ އެވެ.

ސިޔާސީ ނުފޫޒުން ރައީސް މައުމޫން ޖަލުގައި ބެހެއްޓި އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް ޖިންސީ ފުރައްސާރަ ކުރާ މީހަކު މިނިވަނެއްގެ ގޮތުގައި ބެހެއްޓުމަށް ފުލުހުން ނިންމި ވާހަކަ އެވެ. ޖިންސީ ގޯނާ ކޮށް ޖިންސީ ފުރައްސާރަ ކުރާ މީހާ ދޫކޮށްލީ އުމުރަށް ބެލުމަށްފަހު އެވެ. އުމުރަށް ބެލުމެއް ނެތި ކުރީގެ ރައީސަކު ޖަލުގައި ބޭއްވީ އޭރުގެ ވެރިކަން ދިފާއު ކުރުމަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
ހިޔާލު