Elections commission ge member kamah kurimathi lumuge furusathu hulhuvaalaifi
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ފުރުސަތު ހުޅުވާލާފައިވަނީ، އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމްގެ މެންބަރުކަމުގެ މުއްދަތު 23 މާރިޗު 2020 އަށް ހަމަވާތީ އެވެ.

އެގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަކްރަމް ވަނީ މެމްބަރު ކަމުގައި ހުންނެވި ހިސާބުން ފެށިގެން ކޮމިޝަންގެ ތަރުޖަމާނު ކަން ކުރައްވާފައެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ބޮޑެތި އިންތިހާބް ތަކުގައި އަކްރަމް އިސްދައުރެއް އަދާކުރައްވާފައިވެ އެވެ. އެގޮތުން އަކްރަމަކީ ކޮމިޝަންގެ މަސައްކަތްތަކުގައި މީޑިއާ އާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ފަރާތެކެވެ.
ހިޔާލު