Veli barukohgen Rasgetheem ah dhathuru kuraa ulhandheh adiah dhanee
image
ވެލި ބަރުކޮށްގެން ރަސްގެތީމަށް ދަތުރުކުރަނިކޮށް ދޯންޏެއް އަޑިއަށްދަނީ--
0 ކޮމެންޓް
 

ވެލި ބަރުކޮށްގެން ރަސްގެތީމަށް ދަތުރުކުރާ ދޯންޏެއް އަޑިއަށް ދަނީ

ވެލި ބަރުކޮށްގެން ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދާން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ރަސްގެތީމަށް ދަތުރުކުރަމުން ދިޔަ އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރު އެވެ.

ފުލުހުން ބުނީ އެ ސަރަހައްދަށް ފުލުހުން ގޮސް، އޭގައި ތިބި ހަތަރު ފިރިހެނުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިއްސާކުރި ފޮޓޯގައިވާ ގޮތުން ދޯނީގެ ކުރީކޮޅު އޮތީ ގާތްގަނޑަކަށް އެއްކޮށް އަޑިއަށް ގޮސްފަ އެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.
ހިޔާލު