ރައްޔިތުން އެދޭ އަމާޒަށް

ފުދުންތެރި ދިރިއުޅުން

"އަޅުގަނޑުގެ މޭޔަރ ކަމެއްގައި މާލެ, ވިލިމާލެ, އަދި ހުޅުމާލޭގައި "ކަނބަލުންގެ ތަރުކާރީ މާރުކޭޓް" ގާއިމުކުރާނަން"

ހިތް ފަސޭހަ މަގުމަތި

"އަޅުގަނޑުގެ މޭޔަރ ކަމެއްގައި ސީސީޓީވީ ނިޒާމު ހަރުދަނާކުރުމަށް އެހީތެރިވެ މަތުމަތި ރައްކާތެރި ކުރާނަން"

ބިންވެރި ރައްޔިތެއް

"މާލޭގެ ސިނާއި އަވަށުގެ ބޭނުން ހެޔޮގޮތުގައި ހިފާ, ވިޔަފާރިތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދަދޭނަން"

ޗާލު ޗާލު މާލެ ސިޓީ

"މާލޭ މަސް މާރުކޭޓަކީ ޒަމާނާއި ބައްދަލު, ބޭނުންކުރަން ފަސޭހަ އަދި ސިއްހީގޮތުން ރައްކާތެރި ތަނަކަށް ހަދާނަން"

ޚިދުމަތުގެ ދިގު މާޒީއެއް

ޑރ.މުޢިއްޒަކީ ސަރުކާރުގެ ޚިދުމަތުގެ އިތުރަށް ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ހިންގުންތެރި މުދައްބިރެކެވެ. އެގޮތުން އެމަނިކުފާނުގެ އާންމު ޚިދުމަތުގެ ޙަޔާތްޕުޅު ފެއްޓެވީ 1998 ވަނަ އަހަރުއެވެ. އެއީ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްގައެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގައި ކޮންސަލްޓެންޓެއްގެ ގޮތުގައި 10 އަހަރު މަސައްކަތްކުރެއްވިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ބޯޑުގައި އެމަނިކުފާނު މަސައްކަތް ފެއްޓެވީ 2002 ވަނަ އަހަރުގައެވެ. 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް އެ ބޯޑުގައި މަސައްކަތްކުރައްވައި އެ މުއްދަތުގައި އެ ބޯޑުން ރޭވި ގިނަ މަޝްރޫޢުތަކެއް ފަރުމާކުރެއްވުމާއި، އެ މަޝްރޫޢުތައް ތަންފީޒުކުރެއްވުމާއި، އެ މަޝްރޫޢުތަކަށް ފައިސާ ހޯދުމުގައި ޑރ.މުޢިއްޒު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

އެއަށްފަހު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވިލާ ޝިޕިން ކުންފުނީގެ ޑިރެކްޓަރެއްގެ މަޤާމަށް ވަޑައިގެން އެ ކުންފުނީގައި މަސައްކަތްކުރެއްވުމަށްފަހު 2012 ވަނަ އަހަރުގައި އެމަނިކުފާނު ވަޑައިގެންނެވީ ވަޒީރުކަމަށެވެ. އެހިސާބުން ފެށިގެން އެމަނިކުފާނުގެ ޤައުމީ ޚިދުމަތް ކުރިއަށްވުރެ ހަލުއި ދުވެލީގައި ފެނިގެންދިޔައެވެ.

ކާމިޔާބީތައް

Preview
Preview
Preview
Preview
Preview
Preview
Preview
Preview
Preview
Preview
Preview
Preview