Iran ge Mahan Air ah Saudi ah dhathuru kurun manaa koffi
image
1 ކޮމެންޓް
 

އިރާންގެ މަހާން އެއާއަށް ސައުދީއަށް ދަތުރު ކުރުން މަނާކޮށްފި

ސެކިއުރިޓީ ސަބަބުތަކަށްޓަކައި އީރާންގެ މަހާން އެއާލައިންސްއަށް ސައުދީ އަރަބިއްޔާގެ އެއާޕޯޓް އަދި އެއާ ސްޕޭސް ބޭނުންކުރުން މަނާކޮށްފިއެވެ.

ސައުދީގެ އޭވިއޭޝަން އޮތޯރިޓީއިން ބުނީ ބައިނަލްއަގްވާމީ އުދުހުންތަކުގައި އެއާލައިންތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް މަހާން އެއާލައިނުން ފުރިހަމަ ނުކުރާ ކަމަށެވެ.

ދެ ގައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އެއްކޮށް ކަނޑާލާފައިވާއިރު ސައުދީއިން ވަނީ ޖެނުއަރީ މަހުން ފެށިގެން އީރާނަށް އެގައުމުގެ އެއާލައިންތަކުން ކުރާ ވައިގެ ދަތުރުތައް ވެސް ހުއްޓާލާފައެވެ.

އަދި އަންގާރަ ދުވަހުން ފެށިގެން މަހާން އެއާގެ ވެބްސައިޓުން ވެސް ސައުދީއަށް އެއްވެސް ފްލައިޓެއް ޝެޑިއުލް ކޮށްފައި ނުވާކަން އެނގެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

ރާބޮޑޭ

ނަޖުދުވައްހާބީން މިއުޅެނީ މުޅިދުނިޔެ ބަނޑުދޮށުލާށެވެ