Aaa Runway'aaek Airport Tharaggee Kurumuge Mashroou Ifthithaah Koffi
image
2 ކޮމެންޓް
 

އާ ރަންވޭއާ އެކު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހްކޮށްފި

އާ ރަންވޭއާއެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްރޫއު އިފްތިތާހްކޮށްފިއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުންޏާ ހަވާކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓަށް ގެންނަ ތަރައްގީގެ އަމަލީ މަސައްކތަުގެ ތައްޔާރީތައް މި މަހު ފެށިގެންދާނެ ކަމަށެވެ.
r
އާދލް ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް ބޮޑު ލޯނެއް ނަގަންޖެހެނީ އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތައް ގިނަކަމުން ކަމަށެވެ.

"އެއާޕޯޓް ތަރައްގީއަށް ނަގަންޖެހޭ ލޯނު ބޮޑުކަމަށް ވާހަކަ ދެކެވެނީ ހިންގަން އުޅޭ މަޝްރޫއުގެ ބޮޑުކަމާއި ހިމެނޭ މަސައްކަތްތައް ގިނަ ކަމުން،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ރަންވޭގެ އިތުރުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ކާގޯ ކޮމްޕްލެކްސް އަކާއި އާ ފިއުލް ފާމަކާއި އާ ފިއުލް ހައިޑްރަން ސިސްޓަމެއް ގާއިމްކުރުމާއި އޭޕްރަންއަކާއި، މަތިންދާބޯޓްގެ ނިޔަވިކަމަށް ބޭނުންވާ ނެވިގޭޝަނަލް ލައިޓްސް ޒަމާނީ އެއްޗެއްސައް ބަދަލުކުރުން ހިމެނޭ ކަމަށެވެ.

އާދިލް ވިދާޅުވީ އާ ރަންވީ ހަދާނިމުމުން މިހާރު އޮތް ރަންވޭއަށްވުރެ ހުރިހާ ގޮތަކުންވެސް މާ ރަނގަޅު ވެގެންދާނެ ކަމަށެވެ.
"އެންމެ ބޮޑެތި މަރުކާގެ މަތިންދާ ބޯޓް އޭތްރީއެއިޓީއަށް އެ ރަންވޭގައި ޖެއްސޭކަމީ މި ޕްރޮޖެކްޓްގެ ފުރިހަމަކަން ގެނެސްދޭ ކަމެއްކަމުގައި އުފަލާއެކު ފާހަގަކުރަން،" އާދިލް ވިދާޅުވިއެވެ.
x
އާދިލް ވިދާޅުވީ އެ މަޝްރޫއުގައި ހިމެނޭ ބޯޓްތަކަށް ތެޔޮ އެޅުމުގެ ހިދުމަތް ގާއިމް ކުރެވިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައި ކަމަށެވެ އަދި އެ ތެޔޮ ފިއުލް ފާމަކީ ކުރިއަށް އޮތް 20 އަހަރުތެރޭގައި އެ އެއާޕޯޓްގައި ޖައްސާ ބޯޓްތަކަށް ބޭނުންވާ ތެޔޮ ދަތިކަމެއްނެތި ރައްކާކުރެވޭނެ ތެޔޮ ފިއުލް ފާމަކަށް ވެގެންދާނެކަމަށެވެ.

"މީ ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގެނެވޭ އިންގިލާބީ ބަދަލެއްކަމުގައި ދަންނަވަން. މި މަޝްރޫއުގެ ތެރޭގައި މިހާރު ތެޔޮ ރައްކާކުރެވޭ ވަރަށްވުރެ ތިން ގުނަ އިތުރަށް ރައްކާކުރެވޭ ބޮޑުމިނުގެ ފިއުލް ފާމެއް ގާއިމް ކުރެވިގެންދާނެ،" އާދިލް ވިދާޅުވިއެވެ.

ދިގުމިނުގައި 3،600 މީޓަރު ދިގު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ އާ ރަންވޭއެއް ގާއިމު ކުރާއިރު އާދިލް ވިދާޅުވީ އާ ރަންވޭ އެޅުމުން މިހާރު އޮތް ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއަކަށް ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނު އެހީ ވަނީ ނަގާފައެވެ. އެ ލޯނު އަނބުރާ ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި ދީފައިވަނީ ފަސް އަހަރެވެ.

ޖުމްލަ 800 މިލިއަން ޑޮލަރުގެ އަގު ހުރި، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތައް ނިންމުމަށް ކަނޑައަޅަފައި ވަނީ 2018 ވަނަ އަހަރަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

އަހްމަދު

ދިވެހިން ބޭނުންކޮށްގެން އެއަރޕޯރޓް ހިންގުމަކީ ގޮންޖެހުމެއް. ދިވެހިންގެ ބައިތުލްމާލު ހުސްކޮށްލުމަކީ އުފަލެއް. ފައްކާ...

ދިވެހި ފޭރުން

ކަޅިފައިސާ ދޮވެވޭނީ މިކަހަލަ ކަންތައްކޮއްގެން، ޤައުމަށް ވަރައް ގެއްލުންވާނެ ތަރައްގީ ބޭނުން އެކަމު ހައްގު މަގުގާ ވައްކަމުގެ ލާރިއަކުން ނޫން