Iran inn 2017 vana aharu dhuvaalaku 4 million theyo feefaa ufahdhaane
image
0 ކޮމެންޓް
 

އީރާނުން 2017 ވަނަ އަހަރު ދުވާލަކު ހަތަރު މިލިއަން ތެޔޮ ފީފާ އުފައްދާނެ

އީރާނުން ދުވާލެއްގެ މައްޗަށް އެކްސްޕޯޓްކުރާ ތެޔޮ ފީފާގެ އަދަދު 2017 ގެ މާޗު މަހު ހަތަރު މިލިއަނަށް އަރާނެ ކަމަށް އެގައުމުގެ ތެލާ ބެހޭ މިނިސްޓަރު ބިޖާން ޒަންގީނީ ވިދާޅުވެއްޖެއެވެ.

އީރާންގެ ގައުމީ ޓީވީއަށް ދިން ބަސްތީގަތުމެއްގައި ޒަންގީނީ ވިދާޅުވީ އެގައުމުގެ އަހަރީ ބަޖެޓުން ދައްކާ ގޮތުގައި މިހާރު ގާތްގަނޑަކަށް ދުވާލަކު 2.2 މިލިއަން ތެޔޮ ފީފާ އެކްސްޕޯޓް ކުރެވޭ ކަމަށެވެ.

އަދި ދަތި ކުރުމުގެ ފިޔަވަޅުތައް ނައްތާލުމާއެކު އެގައުމުން ތެޔޮ އެކްސްޕޯޓް ކުރާ އަދަދު ހަލުވި ސްޕީޑެއްގައި އިތުރުވަމުންދާ ކަމަށްވެސް ޒަންގީނީ ވިދާޅުވިއެވެ.

އެގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން 2011 ވަނަ އަހަރު އީރާނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާއެކު ދުވާލަކު އެގައުމުން އެކްސްޕޯޓް ކުރާ ތެޔޮ ފީފާގެ އަދަދު ވަނީ އެއް މިލިއަނަށް ދަށްވެފައެވެ.

ނަމަވެސް ޖެނުއަރީ މަހު އެ ފިޔަވަޅުތައް އުވާލައި ފާއިތުވި ތިން މަސް ތެރޭގައި އެ އަދަދު ވަނީ އެކަށީގެންވާ މިންވަރަކަށް އިތުރުވެފައިކަން ފާހަގަކުރެވެއެވެ.

އީރާނުން ފްރީޒްކޮށްފައި ހުރި ތެޔޮ ފީފާތައް ބާޒާރަށް ނެރުމާއެކު ތެލުގެ އަގު ވެއްޓި، އެކަމުގެ ނޭދެވޭ އަސަރު އެހެން ގައުމުތަކަށް ވަނީ ކޮށްފައެވެ.

އަދި އެކަމާ ގުޅިގެން ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލް ކުރަން އޯޕެކުގެ ގައުމުތަކުން މަޝްވަރާ ކުރަން ނިންމާފައިވާއިރު އީރާނުން ބުނީ އެގައުމުން ތެޔޮ އުފައްދާ މިންވަރު އަދި އެކްސްޕޯޓް ކުރާ މިންވަރުވެސް މަދު ނުކުރާނެ ކަމަށެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު