Samsung ah libunu furathama quarter ge faidhaa ithuru vaane kamah lafaakoffi
image
0 ކޮމެންޓް
 

ސެމްސަންގް އަށް ލިބުނު ފުރަތަމަ ކުއާޓާގެ ފައިދާ އިތުރުވާނެ ކަމަށް ލަފާކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އަށް ލިބޭ ފައިދާ 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެ ކަމަށް ލަފާކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯނު އުފައްދާ ކުންފުނިން ބުނީ ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް ލިބުނު ފައިދާ 5.6 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ 6.6 ޓްރިލިއަން ވޮން އަށް އަރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 6 ޓްރިލިއަން ވޮންގެ ފައިދާ އެކެވެ. ކުންފުނީގެ ވިޔަފާރި ރަނގަޅުވީ ގެލެކްސީ އެސް7 ގެ މަގްބޫލުކަން ބޮޑުވުމުންނެވެ.

ފުރަތަމަ ކުއާޓާގެ ވިޔަފާރި ރިޕޯޓް އާއްމު ކުރާނީ މިމަހުގެ ފަހުކޮޅުގަ އެވެ. ޗައިނާގެ ޒިއާއޯމީ އަދި ހުއަވެއި ފަދަ އަގުހެޔޮ ސްމާޓްފޯން ވިއްކާ ކުންފުނިތަކުގެ ސަބަބުން ސެމްސަންގް ގެ ވިޔަފާރި އަށް ވަނީ ހުރަސްއެޅިފަ އެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު