Midhiya aharu marine insurance ge gothugai 40 million rufiyaa dheefai vaane: Allied
image
1 ކޮމެންޓް
 

މިދިޔަ އަހަރު މެރިން އިންޝިއުރެންސްގެ ގޮތުގައި 40 މިލިއަން ރުފިޔާ ދީފައިވާނެ: އެލައިޑް

މިދިޔަ އަހަރު ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދުފަހަރުތަކަށް އެކި ހާލަތްތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލުގައި 40 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީއިން ބުނެފިއެވެ.

އެކުންފުނިން އެހެން ބުނެފައިވަނީ މިއަދު ހޮޓެލް ޖެންގައި އެލައިޑް އިންޝިއުރެންސް ކޮމްޕެނީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާ ދެމެދު މެރިން ހަލް އިންޝިއުރެންސް އާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

އެ އެއްބަސްވުމުގެ ދަށުން ތައާރަފްކުރާ މެރިން ހަލް އިންޝިއުރެންސް ޕެކޭގްގެ ދަށުން ކަނޑު އުޅަނދު ފަހަރަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޖުމްލަ ބަދަލު ލިބޭނެ ކަމަށް އެލައިޑް އިންޝިއުރެންސްއިން މައުލޫމާތު ދެއެވެ.

މިހާރު ރާއްޖޭގައި ގާތްގަނޑަކަށް 14000 ކަނޑު އުޅަނދު ފަހަރު ރަޖިސްޓްރީ ކޮށްފައިވާ އިރު އޭގެ ތެރެއިން އިންޝިއުރެންސް ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 34 އިންސައްތައަކީ އެ ކުންފުނީގައި އިންޝުއާކޮށްފައިވާ އުޅަނދުތައް ކަމަށް އެލައިޑްއިން މައުލޫމާތު ދެއެވެ.

އަދި އިންޝިއުރެންސް ނުކޮށްތިބި ފަރާތްތަކަށް އިންޝިއުރެންސް ޕްރޮގްރާމުގައި ބައިވެރިވުމަށް އެލައިޑް އިންޝިއުރެންސް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޓްރާންސްޕޯޓް އޮތޯރިޓީއިން އިލްތިމާސް ކޮށްފައިވެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު

މޫނި

14000 ކަނޑު އުޅަދުން ކޮންމެ އެއްޗަކުން 1000 ރޭޓުން ބެލިއަސް ހާދަ ލާރިއެކޭ އެއީ....