16 Billion Dollar Eh Kihaa Vareh Kan Ingeytha?
image
9 ކޮމެންޓް
 

16 ބިލިއަން ޑޮލަރު އެއީ ކިހާވަރެއްކަން އެނގޭތަ؟

މިއީ ބިލިއަނުން ޑޮލަރުގެ ވާހަކަ ދައްކާ ދުވަސްކޮޅެކެވެ. އާދެ، ފ އަތޮޅު ގަންނަން ނުވަތަ އިންވެސްޓްކުރަން އަންނަ މީހުން 16 ބިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް ދެކެވޭ ވާހަކައެވެ.
ނަމަވެސް 16 ބިލިއަން ޑޮލަރަކީ ތަސައްވަރު ކޮށްލަންވެސް ދަތި އަދަދަކަށް ވެދާނެއެވެ. އެހެންކަމުން މިކަން ތިލަކޮށްލާން ވިސްނާލީމެވެ. އެގޮތުން މި ބަލާލަނީ އެންމެނަށްވެސް އެނގޭނެ 100 ޑޮލަރުގެ ނޫޓަކުންނެވެ.

100 ޑޮލަރު

މިއީ 100 އެމެރިކާ ޑޮލަރެވެ. މިވަރުން ގާތްގަނޑަކަށް 10 ނުވަތަ 12 މީހުންނަށް ރާއްޖޭގެ ރެސްޓޯރަންޓަކުން 1 އިރަށް ކާލެވޭނެއެވެ.

1 މިލއަން ޑޮލަރު

މިއީ 100 ނޫޓުން އެއް މިލިއަން ހަމަކޮށްލީމާ ވާވަރެވެ. އާދައިގެ ބްރިފްކޭހަކަށް ލެވޭނެއެވެ. ނަމަވެސް އެއީ ކުޑަ އަދަދެއް ނޫނެވެ. 15000 ދިވެހި ރުފިޔާގެ މަހު މުސާރައެއް ލިބޭމީހަކަށް 1 މިލިއަން ޑޮލަރު ހޯދޭނީ 85 އަހަރު ވަންދެން ވަޒީފާ އަދާކޮށްގެނެވެ.

100 މިލިއަން ޑޮލަރު

މިއީ 100 މިލިއަން ޑޮލަރެވެ. މިއިން މިފެންނަނީ އާންމޮކޮށް ގާ އުފުލަން ގެންގުޅޭ 4 ފޫޓު 4 ފޫޓު ޕެލެޓެއްގެ މައްޗަށް ހަތަރެސްކަން ހަމައަށް 100 ޑޮލަރުގެ ނޫޓު އަޅާފައިވާ ތަނެވެ. މާލޭން އާންމުކޮށް އެޕާޓްމަންޓެއް 3 މިލިއަން ދިވެހި ރުފިޔާއަށް ގަންނަން ލިބޭއިރު 100 މިލިއަން ޑޮލަރަށް އޭގެ 514 އެޕާޓްމަންޓް ގަނެވޭނެއެވެ.

1 ބިލިއަން ޑޮލަރު

ތިޔަފެންނަނީ 1 ބިލިއަން ޑޮލަރެވެ. ކުރިން ބުނެވުނު 100 މިލިއަން ޑޮލަރުގެ ޕެލެޓްގެ 10 ޕެލެޓް ފުރާ 100 ޑޮލަރުގެ ނޫޓުވެ. އެއީ ކިހާވަރެއްތޯއެވެ؟

އެއް އަހަރުތެރޭގައި ރާއްޖޭގެ އެންމެހާ ރިސޯޓްތަކާއި ފިހާރަތަކާއި، އެހެނިހެން ވިޔަފާރިތަކާއި އަދި އާންމު ރައްޔިތުންގެ އަތުން ނަގާ ހުރިހާ ޓެކްސްތައް އެއްކޮށްލާގެންވެސް 1 ބިލިއަން ޑޮލަރު ހަމަނުވާނެއެވެ. ޓެކްސްނަގާގެންނާއި، އެހެނިހެން އާމްދަނީންނާއި ހިލޭ އެހީ ގެގޮތުގައި ސަރުކާރަށް ލިބޭނެކަމަށް ފާސްކޮށްފައި 2017 ވަނައަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ 21.9 ބިލިއަން ރުފިޔާއެވެ. އެއީ 1.42 ބިލިއަން ޑޮލަރެވެ.

16 ބިލިއަން ޑޮލަރު

މަތިން އިމާރާތެއްހެން އެތުރިފައި އެފެންނަނީ 16 ބިލިއަން ޑޮލަރެވެ. 16 ބިލިއަން ޑޮލަރަކީ ކިހާވަރެއްކަން މިހާރު ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވޭނެ ކަމަށް ހީކުރަމެވެ. ދިވެހި ދައުލަތުގެ ބަޖެޓަށް 10 އަހަރަަށް ބޭނުންވާ ފައިސާގެ އަދަދާ ގާތްކުރާ ވަރެކެވެ. 100 ޑޮރަލުގެ ނޫޓުގެ 160 ޕެލެޓް ފުރާ ޑޮލަރެވެ.

އެވަރުގެ އިންވެސްޓްމަންޓްތައް ހެޔޮނިޔަތުގައި އައިސްފިނަމަ ދިވެހީންނަށް ކިތަންމެހާވެސް ރަނގަޅެވެ. ނަމަވެސް އަދިވެސް ބަލާނުނިމޭ އެމްއެމްޕީއާރސީގެ ހިޔާނާތް ފަދައިން މިފައިސާ އަށް ވާނުވާ ނޭނގިއްޖެނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން އަގުނުކުރެވޭހާ ބޮޑުވާނެއެވެ.

އެކަން އެހެންވާނީ ހަމަ ހަގީގަތުގައިވެސް އެ އިންވެސްޓްމަންޓުގެ ހަ ފަރާތް ރައްޔިތުންނަށް އެނގިގެނެވެ. އެއީ ހަމަ އެކަނި "ހަ ފަރާތް ފެންނާނޭ" އަނގައިން ބުނެލާގެން ފަރުޖައްސާލެވޭ ވަރަށްވުރެ މާބޮޑު ކަމެކެވެ.
ހިޔާލު

ޢާނު

މިލާރި ގަނޑު ނުލިބިގެން ތެޅި ފޮޅެނީ...ރައްޔިތުންނަށް ހެވެއް އެދޭކަން ނޫން..ފާތުމަ އުޅޭ ގޮތުން ލަދުވެސް ގަނޭ...އެހެންތާވާނީ އަލަށް ވެރިކަމަށް އާދެވުނީމަ...އިރާދަ ކުރެއްވިއްޔާ ބަލިވާނެ އިންތިހާބު ތަކުން..

ނަޝީދު

ވީ އެފް ޕީ މީހުން ޖެހޭނީ މިކަން ހަޖަމް ކުރަން. ހަޖަމް ނުވަންޏަ ޖުއްލާބު ކައި.

ލޮލޮ

ހެޔޮ ނިޔަތެއްގައި މީހަކު މިހާ ބޮޑު އިންވެސްޓްމަންޓެއް ކުރާނެއެ ޤަބޫލުކުރާނީ މޮޔައަކު. މިޒަމާނަކު ނޫޅެ އިސްލާމީ ޤައުމަކާްށް ވިޔަސް ކޮރަޕްޓް ނޫން ވެރިއެއް

ހިޔަލަ

މިޤައުމަށް ލިބޭ ލާރި އަޅަނީ ފޫގޮއްސަ ހުރި ތަނަކައް

މުހަންމަދު

ބޮޑުޕިކަޕުގެ 16 ޕިކަލު

ހެހެ

ދެންއިވޭނީ ވެރިމީހާގެ އެކަންއުންޓަށް ބިލިޔަން ރުފިޔާ ހެޔޮހިތުން ކިންގް ޖަމާކޮށްދިން ވާހަކަ.

ެިއިހްސާނާ

ރައްޔިތަކަށް ތީގެން ބައި ރުފިޔާ ލިބުނަސް ސާބަހޭ ބުނާނަން

އައި

އަދީބު ލައިގެން ހުރި ފަތުލޫނުގެ ޖީބު ހާދަބޮޑުވީމައޭ ތިޔަބުނާވަރު ފޮރުވައިގެންވެސް ގެންދެވޭނީ.

ޢަލީ

މިނުލިބިގެންދޯ މިއުޅެނީ