Mudhaa Ufulaa Gadiah Genai Badhalu: Jeebuthakah Baruvaane Mi Noon Halleh Beynun!
image
އެމްޕީއެލް ސަރަހައްދު:ފޮޓޯ:އާލީމެސީ/ފޭސްބުކް
3 ކޮމެންޓް
 

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލު: ޖީބަށް ބަރުވާނެ، މިނޫން ހައްލެއް ބޭނުން!

ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލުތަކާއި ގުޅިގެން ހެނދުނުގެ މަސަައްކަތް ފެށި އިރު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ތިބީ އިހުތިޖާޖުގައެވެ. އިހުތިޖާޖު ކުރުމުގެ ގޮތުން މިއަދު އެއްވެސް މަސައްކަތެއް ނުކުރަން މަޖޫރީން ތިބީ ސައްލާކޮށްގެންނެވެ. އަދި ވެސް މަޖޫރީން ތިބީ އެގޮތަށެވެ.
މަޖޫރީންގެ ހަޅުތާލާއެކު މިރޭ މުދާ ނެރެ ގުދަންތަކާއި ފިހާރަތަކަށް ގެންދާނެ އިންތިޒާމެއް ހަމަޖައްސަން ވިޔަފާރިވެރިންނަށް މަޖުބޫރުވާނެއެވެ. ނޫނީ މާދަމާ ހެނދުނު ހޭލައިގެން ފިހާރައަށް ވިޔަފާރި ކުރަންދާ މީހާގެ "ޑިމާންޑުތައް" ފުއްދާ ނުދެވޭނެއެވެ.

ހެނދުނު ހެނދުނާ މަޖޫރީން އިހުތިޖާޖު ކުރަން ފެށުމުން ހަބަރު ލިއުމުގެ ބޭނުމުގައި އެސަރަހައްދަށް އަރާލީމެވެ. ތެދެކެވެ. އާއްމުކޮށް ކާރޫބާރު ބޮޑު އެސަރަހައްދުގެ މަގުތަކުގެ "ބިޒީކަން" ވަރަށް ކުޑައެވެ. ނަމަވެސް ދެން އޮތީ ހިތާމަވެރި ހަބަރެވެ. އެއީ އެ ބިޒީކަން ކުޑަ ކުރުމުގެ އަގު ދައްކަން ޖެހޭނީ ކޮންމެ ދިވެއްސެއްގެ ޖީބުންނެވެ.

މާލޭގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަޑިތަކެއް ކަނޑައަޅާފައިވާއިރު، މިހާރު އޮތް ގޮތުން މުދަލުގެ އަގުތައް އުފުލިގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މުދާ އުފުލުމުގެ ގަޑިތަކަށް ގެނެވުނު ބަދަލާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ވީއެފްޕީން ވާހަކަ ދައްކާލި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މުދާ އުފުލުމަށް މިހާރު ވަގުތު ހަމަޖެހިފައިވާ ގޮތުން
ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

"ކުރިން އޮންނަ ގޮތާއި ހިލާފަށް މިހާރު ދެން މަޖޫރީންނަށް ބުރަވާނެ. ކޮންޓެއިނާ ކްލިއާ ކުރުމާއި އެ ގެންގޮސް ގުދަން ކުރަން އުނދަގޫވާނެ" ވިޔަފާރިވެރިއަކު ބުންޏެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި އެކަމުގެ ސަބަބުން މުދާ ގުދަން ކުރުމަށް ގިނަ ވަގުތު ހޭދަވާނެއެވެ. އަދި ޑެމަރޭޖް އަރައި، އަގު ބޮޑުވުމުގެ ފުރުސަތު އޮންނާނެއެވެ.

"ނިކަން ވިސްނާލައްވާ، އަދި މިއުޅެނީ މުދާ އަޅުގަނޑުމެންގެ ގުދަނާ ހަމައަށް ނުގޮސް، ކޮންމެ ގޮތެއް ވިޔަސް ރޭގަނޑު މި ލޮރީތަކުގެ އަގު ބޮޑުވާނެ، މަޖޫރީންގެ އަގުވެސް ބޮޑުވާނެ ކަމަށް މި ބެލެވެނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

"އަޅުގަނޑުމެން މިހާތަނަށް މަސައްކަތް ކުރަމުން މިއައީ ރޭގަނޑު 8:00 ގެ ފަހުން ފިހާރަ ނުހުޅުވާ. އެކަމަކު ދެން ޑެލިވަރީ ރޭގަނޑު ކުރެވޭ ގޮތަށް ހަމަޖެއްސީމަ އިތުރު މުވައްޒަފުން ނަގަން ޖެހޭނެ. އެ މުވައްޒަފުންނަށް މުސާރަވެސް ދޭން ޖެހޭނެ. ދެން ޖެހޭނީ މުދަލުގެ އަގު ބޮޑުކުރަން" އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.

މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުގެ ކުރިން ވިޔަފާރިވެރިންނާ މަޝްވަރާކުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

"ބަދަލު ގެނަންވެގެން އަޅުގަނޑުމެންނާ މަޝްވަރާއެއް ނުކުރޭ. އެކަމަކު އަޅުގަނޑުމެން ދިޔައިން އެ ބޭފުޅުންނާ ބައްދަލުކުރަން. އެ ބޭފުޅުން އަޅުގަނޑުމެންގެ ޝަކުވާ އަޑުއެއްސެވި" ވިޔަފާރިވެރިއަކު ބުންޏެވެ.

މުދާ އުފުލޭނެ ގަޑިތަކެއް ކަނޑައެޅުން މުހިންމު ކަމަށް ގިނަ ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަލަށް ހަމަޖެއްސި އުސޫލުތައް އެންމެ ރަނގަޅު ނޫން ކަމަސް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

"އެ ބޭފުޅުން އެބަ ވިދާޅުވޭ ސްކޫލަށް ކުދިން ދާ ގަޑީގައި އަދި ނިމޭ ގަޑީގައި ބާރު ބޮޑުވާ ވާހަކަ. ރަނގަޅު ވާހަކައެއް މާލެ ވަރަށް ކާރުބާރުބޮޑު. އެކަމަކު މިނޫން އެހެން ހައްލެއްވެސް އޮންނަންވާނެ. ސްކޫލްތަކާއި އޮފީސްތައް ފެށޭ ވަގުތާއި ނިމޭ ވަގުތަށް މުދާ އުފުލުން މަޑު ޖައްސާލުން ރަނގަޅު. މިހާރުވެސް ސްކޫލްތަކަށް ދަރިވަރުން ދާ ގަޑިއާއި ނިމޭ ގަޑީގައި ހެވީ ވެހިކަލްސް އެ ސަރަހައްދަށް ވަނުން މަނާވާނެ" ވިޔަފާރިވެރިއަކު ބުންޏެވެ.

މުދާ އުފުލުމަށް ކަނޑައެޅި ކުރިން ހަމަޖެއްސި ވަގުތަށް ބަދަލު ގެނެސް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، ޢާއްމު ރައްޔިތުން މަގުތައް ބޭނުން ކުރުމުގައި ދަތިވަމުންދާތީ، ފިހާރަތަކާއި ޢާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމުގައި ކަނޑައަޅާފައިވާ ވަގުތުތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މުރާޖަޢާކޮށް، އެޕްރީލް މަހުން ފެށިގެން މުދާ އުފުލޭނެ ގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ.

އެ ގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައްވާނީ 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަންވާނީ ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހިޔާލު

ހަޖުރަޒުވަންހަ

މީނޫން ހައްލަކީ ވައި 2018!! ދެން އމފޔ ނުކިޔާ!

ހައްލު

ބޯޓު ފަހަރަށް މުދާ އަރުވަން ދުވާލުގެ ދެ ތިން ގަޑިއިރު ދޭންވީ..މިސާލަކަށް އޮފީސްތައް ނިމޭފަހުން 3:30 އިން 17:30އަށް. ދެން ހެނދުނު 9 އިން 10 އަށް.. މި ޤަޑިތަކަކީ މަގުމަތި ބޭނުން ކުރާ މީހުންގެ އަދަދު މަދު ގަޑިތަކެއް

ހަސީބް

ތީ ވިޔަފާރިވެރީން ހަދަ ހަދއިގެން ދައްކާ ބަހަނާ.. ރޭގަނޑުގެ ކާރޯބަރު ކުޑަވީމަ އަވަހައް މަސައްކަތް ނިންމާލެވޭނެ.. އެއީ ލޮރިތަކައް ޓުރެފިކު ފަސޭހަވަނެތީ.. މަޖޫރީންނައް ދުވަލު ަވީގަ މަސައްކަތް ކުރުމައް ވުރެ ރޭގަނޑު ފިނީގަ މަސައްކަތް ކުރަން ފަސޭހަވާނެ.. އަދި އެމީހުން ނަށް އޮތްހަވެސް ބަދަލަކީ ދަންވަރު ޑިއުޓީގޮތައް މަސައްކަތް ކުރަން ޖެހުން.. ފިހާރަތަކައްވެސް ފަސޭހަވާނެ.. އެއީ ރޭގަނޑު ކަސްޓަމަރުން މަދުވެލީމަ ފިހާރަ ރީސުޓޮކު ކޮއްލަން.. ދެން މިކަމުގަ ހަމަ އެކަނި ޖެހެނީ ލޮރީތަކުގެ ރޭގަނޑު 12 ގެ ފަހުން ނަގާޗާޖު ދައްކޮއްލުން.. މި އުސޫލައް ތަބާ ނުވާ އެންމެންނައް ސަރުކާރުން ފިޔަވަޅު އެޅުމައް ގޮވާލަން.