VFP Badhige: Masala rice
image
މަސަލަ ރައީސް-
މަދީޙާ އިބްރާހީމް
0 ކޮމެންޓް
 

ވީއެފްޕީ ބަދިގެ: މަސަލަ ރައީސް

ރޯދަ މަހަށް ހާއްސަކޮށްގެން ވަނީ ވީއެފްޕީ ބަދިގެ ސެގްމެންޓުގައި ކޮންމެ ދުވަހަކުވެސް ރެސިޕީއެއް ނެގެސްދީފައެވެ. އެ ރެސިޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދިޔަ ކަމަށް އުއްމީދުކުރަމެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހަށް ވެސް ހާއްސަކޮށްގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ. Dhiraagu
މަސަލަ ރައީސް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ މަސަލަ ރައީސް ހަދާނެގޮތް ބުނެ ދިނުމަށެވެ.

ބޭނުންވާ ތަކެތި

1 މޭޒުމަތީސަމުސާ ގިތެޔޮ
1 މޭޒުމަތީސަމުސާ މަސްޓަރޑް
1 ސައިސަމުސާ ދިރި
½ ސައިސަމުސާ ދަވިއްގަނދު
ކުޑަކުޑަ ހިނގުކޮޅެއް
ހިކަނދިފަތްކޮޅެއް
½ ސައިސަމުސާ އިނގުރު/ ލޮނުމެދު (ޗިސްކޮށްފައި)
1 ފެހި މިރުސް (ދެފަޅިއަށް ފަޅިކޮށްފައި)
½ ފިޔާ (ކުދިކުދިކޮށް ކޮށާފައި)
1 ޓޮމާޓޯ ކުދިކުދިކޮށް ކޮށާފައި
½ ކެރޮޓް (ކުދިކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ ގްރީންޕީސް
3 ފެހި ތޮޅި (ކުދިކުދިކޮށް ކޮށާފައި)
¼ ކެޕްސިކަމް (ކުދިކުދިކޮށް ކޮށާފައި)
¼ ސައިސަމުސާ ރީންދޫ
¾ ސައިސަމުސާ މުގުރި މިރުސް
1 ސައިސަމުސާ ކޮރިއެންޑަރ ޕައުޑަރ
½ ސައިސަމުސާ ގަރަމް މަސާލާ
2 ޖޯޑް ބަތް
1 ސައިސަމުސާ ލޮނު
2 މޭޒުމަތީސަމުސާ ކޮރިއެންޑަރ ލީފް (ކުދިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:
ތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު ހޫނުވުމުން، ގިތެޔޮއެޅުމަށްފަހު މަސްޓަރޑްއާއި ދިރި، ދަވިއްގަނދު، ހިންގް އަދި ހިކަނދިފަތް އަޅާލާފައި ފްރައިކޮށްލާށެވެ. ދެން އޭގެތެރެއަށް އިނގުރު ލޮނުމެދު ޕޭސްޓްކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އަދި ފެހި މިރުސް، ފިޔާ އަޅާފައި ރަގަޅަށް އެއްކޮށްލާށެވެ. އަދި ޓޮމާޓޯއަޅާފައި، ރަގަޅަށް މަޑުވެލަންދެން ކައްކާލާށެވެ. ދެން ކުދިކުދިކޮށް ކޮށާފައި ހުރި ތަރުކާރީތައް އަޅާލާފައި 5 މިނެޓްވަންދެން ކައްކާލާށެވެ. އެއަށްފަހު ރީންދޫކޮޅާއި، ޗިލީ ޕައުޑަރ، ކޮރިއެންޑަރ ޕައުޑަރ އަދި ގަރަމް މަސާލާ އޭގެތެރެއަށް އަޅާލާފައި ރަގަޅަށް އެއްކޮށްލާށެވެ. ކުޑައިރުކޮޅަކު ކައްކާޅުމަށްފަހު 2 ޖޯޑްބަތް އަދި ރަހަލާވަރަށް ލޮނު، އޭގެތެރެއަށް އަޅާފައި ރަގަޅަށް އެއްކޮށްލާށެވެ. މަތިޖެހުމަށްފަހު 4 މިނެޓްވަންދެން މަޑުގިނީގައި ކައްކާލާށެވެ. އެއަށްފަހު ކޮށާފައިހުރި ކޮރިއެންޑަރ ލީވްސް އެއްކޮށްލާށެވެ.

ހިޔާލު