VFP Badhige: Gulab-Jamun
image
ގުލާބުޖާމް ތައްޔާރުކޮށްފައި--
މަދިހާ އިބްރާހީމް
1 ކޮމެންޓް
 

ވީއެފްޕީ ބަދިގެ: ގުލާބުޖާމް

ރޯދަ މަހަށް ހާއްސަކޮށްގެން ވަނީ ވީއެފްޕީ ބަދިގެ ސެގްމެންޓުގައި ކޮންމެ ދުވަހަކުވެސް ރެސިޕީއެއް ނެގެސްދީފައެވެ. އެ ރެސިޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދިޔަ ކަމަށް އުއްމީދުކުރަމެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހަށް ވެސް ހާއްސަކޮށްގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ.
ގުލާބުޖާމް

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ ގުލާބުޖާމް ހަދާނެގޮތް ބުނެ ދިނުމަށެވެ.

ބޭނުންވާ ތަކެތި

6 ޕާންފޮތި (ކުޑަ ޕާނުގެ)
3 ފެހި ކާފޫރުތޮޅި

ޝުގަރ ސިރަޕް ތައްޔާރުކުރުމަށް
1 ޖޯޑު ހަކުރު
½ ޖޯޑް ފެން
1 މޭޒުމަތީ ސަމުސާ ފިނިފެން

އިތުރަށް ބޭނުންވާތަކެތި
6 މޭޒުމަތީސަމުސާ ހިކި ކިރު
ތެޔޮ
ލުންބޯ ހުތް

ތައްޔާރުކުރާނެ ގޮތް

6 ޕާންފޮތި ގްރައިންޑަރއަކުން މުގުރާލުމަށްފަހު އޭގެތެރެއަށް ކާފޫރުތޮޅި އަޅާލާފައި ރަގަޅަށް ހިމުންވަންދެން މުގުރާލާށެވެ. ދެން ތައްޓަކަށް މިބައި އަޅާލުމަށްފަހު އޭގެތެރެއަށް ކިރުކޮޅު އަޅާލާފައި ރަގަޅަށް އެއްކޮށްލުމަށްފަހު މަތި ބަންދުކޮށްލާފައި ބަހައްޓާށެވެ.
ދެން އޭގެތެރެއިން ކުދިކުދި ފުއްގުޅަ ހަދާފައި ކުޑަކޮށް ފަތާކޮށްލާފައި ބަހަށްޓާށެވެ. ދެން ރަގަޅަށް ފުށްގުޅަތައް ވައްކޮށްލާ، ކުދި ބޯޅަތަކެއްހެން ތައްޔާރުކޮށްލާށެވެ. (މާބާރަށް ފިއްތާލާނަމަ، ފުށްގަނޑު ހަރުވުން އެކަށީގެންވެއެވެ)

ތެއްޔަކަށް 1 ޖޯޑު ހަކުރާއި ½ ޖޯޑު ފެން އަޅާފައި މަޑުގިނީގައި ކައްކާލާށެވެ. ކުޑަކޮށް ތަތްގޮތެއް ހުންނާންދެން ހަކުރުގަނޑު ކައްކާލާށެވެ. ދެން އުނދުން ނިއްވާލުމަށްފަހު، ހަކުރުގަނޑުގެ ތެރެއަށް ފިނިފެންފޮދު އަޅާލާފައި ރަގަޅަށް އެއްކޮށްލާށެވެ އަދި އޭގެތެރެއަށް ކުޑަ ލުނބޯހުތް ކޮޅެއް ފެލާލާށެވެ.

ދެން އެހެން ތެއްޔަކަށް ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވުމުން ގުލާބުޖާމުތަކަށް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ. އެއަށްފަހު ސާފު ފޮތިކޮޅަކަށް ލާށެވެ. (ކިޗަން ޓަވަލްއެއް މިކަމަށް ވަރަށް އެކަށީގެންވާނެއެވެ.)
ދެން ޝުގަރ ސިރަޕްގަނޑުތެރެއަށް ގުލާބުޖާމުތައް އަޅާލާށެވެ.
ހިޔާލު

ާާލައިޝާ

ބައިޖޯޑުފެނަށް އެއްޖޯޑު ހަކުރު އެޅީމަ ނުކެއްކިޔަސް ތަތްގޮތެއް ހުންނާނެ