VFP Badhige: Pizza Parata
image
ޕިއްޒާ ޕަރާޓާ ތައްޔާރުކޮށްފައި--
މަދިހާ އިބްރާހީމް
0 ކޮމެންޓް
 

ވީއެފްޕީ ބަދިގެ: ޕިއްޒާ ޕަރާޓާ

ރޯދަ މަހަށް ހާއްސަކޮށްގެން ވަނީ ވީއެފްޕީ ބަދިގެ ސެގްމެންޓުގައި ކޮންމެ ދުވަހަކުވެސް ރެސިޕީއެއް ނެގެސްދީފައެވެ. އެ ރެސިޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދިޔަ ކަމަށް އުއްމީދުކުރަމެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް ހަ ދުވަހަށް ވެސް ހާއްސަކޮށްގެން ވީއެފްޕީ ބަދިގެ ސެގްމެންޓުގައި މި ގެނެސްދޭ ރެސްޕީތަކުން ކާ މޭޒުމަތި އިތުރަށް ފުރިހަމަ ވެގެން ދާނެކަމުގެ އުއްމީދުގައެވެ.
ޕިއްޒާ ޕަރާޓާ

މިއަދު މި ގެނެސްދެނީ ތަފާތު ރެސްޕީ އެކެވެ. މިއަދު ހާއްސަ މިކޮށްލަނީ ޕިއްޒާ ޕަރާޓާ ހަދާނެގޮތް ބުނެ ދިނުމަށެވެ.

ބޭނުންވާ ތަކެތި
¾ 1 ޖޯޑު ފުށް
ފެން
1-2 މޭޒުމަތީސަމުސާ ތެޔޮ
¼ 1 މޮޒަރެއްލާ ޗީޒް (ގާނާފައި)
½ މޭޒުމަތީސަމުސާ ކޮރިއެންޑަރ ލީވްސް
¾ މުގުރި މިރުސް
3 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް
1 ފިޔާ (ކުދިކޮށް ކޮށާފައި)
½ ޖޯޑު ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
އޮލިވްސް (ފަޅިކޮށްފައި)

ތައްޔާރުކުރާނެ ގޮތް

ތައްޓަކަށް ފުށާއި، ފެން، ތެޔޮ އަދި ލޮނު އެޅުމަށްފަހު އާދައިގެ ފުށްގަނޑެއް މޮޑޭހެން މޮޑެލާށެވެ. ދެން ފުންގަނޑުގެ މަތި ބަންދުކޮށްލާފައި ބާއްވާށެވެ. ދެން ތަރުކާރީތައް ކުދިކުދިކޮށް ކޮށާފައި ޕިއްޒާ ސޯސް ތައްޔާރު ކުރާށެވެ.

ދެން ފުށްގަނޑުން 6 ފުށްގުޅަ ހެދުމަށްފަހު، މައްޗަށް ހިކިފުށް ބުރުވާލާށެވެ.
އެއަށްފަހު ރޮށްޓެއްހެން ފުށްގުޅަތައް ދަމާލާށެވެ. ރޮށިތައް މާ ބޯ އަދި މާ ތުނިވެސް ނުކުރާށެވެ.
ދެން ރޮށީގައި ޕިއްޒާ ސޯސް ހޭކުމަށްފަހު ފިޔާ، ކެޕްސިކަމް، އަދި އޮލިވްކޮޅު އަތުރާލާށެވެ. ދެން އެ ރޮށިމަތީގައި އެހެން ރޮއްޓެއް ބާއްވައި ރަގަޅަށް ކައިރި ބަންދުކޮށްލާށެވެ.
ދެން ތަވައެއްގައި ރަގަޅަށް ޕަރާޓާ ފިހެލާށެވެ. ދެން ފިހުމާއެކު އޭގެމައްޗަށް، ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެއަށްފަހު ޗީޒްކޮޅު ވިރެންދެން ހޫނުކޮށްލާށެވެ. އަދި އޭގެ މައްޗަށް މުގުރި މިރުސްކޮޅު ބުރުވާލާށެވެ.
ހިޔާލު