Rishi Kapoor ah Sridevi Ves Vakikurakah Neyngunu
image
ރިޝީ ކަޕޫރަށް ސްރީދޭވީ ވެސް ވަކި ކުރާކަށް ނޭންގުނު--
0 ކޮމެންޓް
 

ރިޝީ ކަޕޫރަށް ސްރީދޭވީ ވެސް ވަކި ކުރާކަށް ނޭނގުނު

ބޮލީވުޑްގެ ކުރިންސުރެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު ކަމަށްވާ ރިޝީ ކަޕޫރަށް ސްރީދޭވީ ވަކި ކުރާކަށް ނޭނގުނެވެ.
ރިޝީ ކަޕޫރާއި ސްރީދޭވީ ވަނީ ނަވާރަ ސަތޭކައިގެ އަހަރު ތަކުގައި އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން އެދެމީހުން ކުޅުން ފިލްމު ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމުތަކުގެ ތެރޭގައި "ޗާންދްނީ" އަދި "ނަގިނާ" ހިމެނެއެވެ. އެދެތަރިންނަކީ ގާތް ރަހުމަތްތެރިންނަށް ވާއިރު ސްރީދޭވީ ވަނީ މިއަހަރު ފެބްރުއަރީ މަހު މަރުވެފައެވެ.

އެހާދިސާއަށް ހަ މަސް ވެފައިވާއިރު ގިނަ ބައެއް ހައިރާން ކޮށްލީ ޓުވިޓާގައި ދައުރުވަމުން އައި ޖިފްއިން ރިޝީ ކަޕޫރަށް ސްރީދޭވީ ފާހަގަ ކުރަން ނޭނގުމެވެ. ދެމީހުން އެކުގައި ލަވައެއްގެ ތަންކޮޅު ޖިފް އެއްގޮތުގައި ބަޔަކު ހަދާފައިވާއިރު އެޖިފް ދިޔައީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ރިޝީ ކަޕޫރު ވަނީ އޭނާ އާއެކު އެލަވައިގައި ހުރީ ކާކުކަން އޭނާ އަށް ނޭނގޭކަމަށް ބުނެފައެވެ. ރިޝީ ކަޕޫރު އެހެން ބުނުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. އެގޮތުން އޭނާ އަށް ގިނަ ބައެއްގެ މަލާމަތް ރައްދުވެފައެވެ.
ގިނަ ބަޔަކު ރިޝީ ކަޕޫރަށް އެއީ ސްރީދޭވީ ކަމަށް ބުނަމުން އަންނަ އިރު އެކަމާ ގުޅިގެން އޭނާ ފަހުން ވާހަކަ ދައްކާފައިނުވެއެވެ.
ހިޔާލު