Shah Ge Anhen Dharifulhu Bollywood Ah Nerenee Karan Johar Eh Noon
image
ސުހާނާ އާއި ޝާހް--
0 ކޮމެންޓް
 

ޝާހުގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނެރެނީ ކަރަން ޖޯހަރެއް ނޫން

"ކިންގް ހާން"ގެ ނަމުން ބޮލީވުޑްގައި މަޝްހޫރު ތަރި ޝާހް ރުކް ހާނުގެ އަންހެން ދަރިފުޅު ސުހާނާ ހާން ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރު ނޫންކަމަށް ހަބަރުތައް ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޝާހަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެހެންނަމަވެސް ޝުހާނާ ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރު ނޫންކަމަށް މިހާރު މިވަނީ ހަބަރުތައް ބުނެފައެވެ. އުމުރުން އެންމެ 18 އަހަރުގެ ސުހާނާ ހާން ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެކަމަށް އަޑުތައް ފެތުރެމުން އަންނަނިކޮށް ބައެއް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނީ އާ މޫނެއް ބޮލީވުޑަށް ނެރެން އުޅޭ އަޑާއެކުވެސް އެންމެ ފުރަތަމަ ވެސް އަންނާނީ ކަރަން ޖޯހަރުގެ ނަންނަމަވެސް ޝާހުރުކް ހާނުގެ ދަރިފުޅު ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރު ނޫންކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި އުމުރުން 52 އަހަރުގެ ޝާހު އާއި އޭނާގެ އަންހެނުން ގޯރީ ހާނަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުތުމަށް މިހާރު ހުރީ ތައްޔާރުވެފައިކަމަށް އެދެމީހުން ގަބޫލުކުރެއެވެ. ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރަކީ ޝާހު އާއި އޭނާގެ އާއިލާ އާ ގާތް ފަރާތެއް ނަމަވެސް ޝާހު ބޭނުންވަނީ އޭނާގެ ދަރިފުޅު ވަރަށް ބޮޑެތި ފިލްމުތައް އުފައްދާ މީހަކާއެކު ބޮލީވުޑަށް ނެރޭށެވެ.

މީގެއިތުރުން ބޮލީވުޑްގެ މަޝްހޫރު ޑަރެކްޓަރުންކަމަށްވާ ސަންޖޭ ލީލާ ބަންސާލީ އާއި ސުޖޯއީ ގޯޝް ފަދަ ޑައިރެކްޓަރުން ވެސް ސުހާނާ ބޮލީވުޑަށް ތައާރަފުކުރަން ޝައުގުހުރިކަމަށް ހަބަރުތައް ބުނެއެވެ. އެހެންނަމަވެސް ސުހާނާ ބޮލީވުޑަށް ތައާރަފުވާނީ ކާކާއެކުކަން ޝާހު އަދި ރަސްމީކޮށް އަންގާފައެއް ނުވެއެވެ.

ދާދިފަހުން ސުހާނާ ވަނީ މަޝްހޫރު މެގަޒިންނެއްކަމަށްވާ ވޮގް އިންޑިއާގެ ކަވާ އިން ފެނިފައެވެ. އެއީ އޭނާ މެގަޒިންއެއްގެ ކަވާ އިން ފެނިގެންދިޔަ ފުރަތަމަ ފަހަރުކަމަށްވާއިރު ވޮގް މެގަޒިންގައި މަސައްކަތް ކުރުމަށް އޭނާއަށް ފުރުސަތު ލިބުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްވެސް މަސައްކަތެއްކޮށްފައިނުވާ ސުހާނާއަށް އެފަދަ މަޝްހޫރު މެގަޒިންއަކުން ފުރުސަތު ލިބުން ގޮތް ނޭނގުމެވެ.

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގު ސުހާނާގެ ވަރަށް ބޮޑަށް ހުރިއިރު އޭނާ އަންނަނީ ސްކޫލު ދައުރުން ފެށިގެން ޑްރާމާތަކުގައި ބައިވެރިވަމުންނެވެ. އޭނާ ބޮލީވުޑަށް ނެރުމަށް އެހީތެރިވާނީ ކިޔެވުން ނިމުމުންކަމަށް ޝާހު ބުނެއެވެ.


ހިޔާލު