Raajje gai islaam dheen onnanee raess yameen ge sababun kamah shaheem sifa kurahvaifi
image
ޑރ ޝަހީމް ފުވައްމުލަކު ސިޓީގައި
15 ކޮމެންޓް
 

އިސްލާމް ދީން އޮންނަނީ ރައީސް ޔާމީންގެ ސަބަބުންކަމަށް ޝަހީމް ސިފަކުރައްވައިފި

ރާއްޖޭގައި އިސްލާމް ދީން އޮންނަނީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން ކަމަށް ސިފަކުރައްވާ ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކޮށް ދެެހެއްޓޭނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކޮށްގެން ކަމަށް ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤަމުގައި ހުންނަވައިގެން ޕީޕީއެމްގެ ސިޔާސީ ކަންކަމުގައި އަވަދިނެތި މިހާރު އުޅުއްވަމުން ގެންދަވާ ޑރ ޝަހީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީ ދޫޑިގަމް އަވަށުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަކީ ކުރިމަގުގައި ރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ދިނުމަށް ރައްޔިތުން ނިންމާ ނިންމުކަމަށް ވެގެން ހިނގައިދާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ނުކޮށްފިނަމަ ރާއްޖެ ވެއްޓިގެންދާނީ ވަރަށް ބޮޑު އަނދަވަޅަކަށް ކަމުގައެވެ.

މިރޭ ވާހަކަ ދައްކަވަމުން މިހެން ވިދާޅުވި ނަމަވެސް ދިވެހި ދިވެހިރާއްޖޭގައި އިސްލާމް ދީން މިއަދާއި ހަމައަށް ދެމިއޮތީ މާތްﷲ ގެ ރަޙުމަތާއެކު، ރަސްރަސް ކަލުންނާއި ހިތްވަރުގަދަ ދީންދެކެ ލޯބިވާ ވެރިން އަދި އިސްތިއުމާރީ ފިކުރީ ހަނގުރާމައާއި އަޅުވެތިކަމާ ދެކޮޅަށް ރައްޔިތުން ކުރި ހިތްވަރުގަދަ މަސައްކަތުން ކަމަށް މިއަދު ޝަހީމް ކުރެއްވު ޓްވިޓެއްގައި ވިދާޅުވެފައި ވެއެވެ.

ޝަހީމް ވިދާޅުވީ ސިޔާސީ މައިދާނުން ފެންނަ މީހުންގެ ތެރެއިން ދިވެހި ދައުލަތުގެ ވެރިކަން އެންމެ ހައްގުކަން ބޮޑު ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީންކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީރައީސް ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ބޭފުޅެއް ނޫން ކަމުގައެވެ.

މީގެ އިތުރުން މި އިންތިހާބު ރަޢީސްޔާމީން ކާމިޔާބު ހޯއްދަވައިފި ނަމަ އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ގައުމު ސަލާމަތް ކޮށްދިނުމުގެ ވަރަށް މަތިވެރި ފުރުސަތަކަށް ވެގެންދާނެ ކަމަށާއި އިސްލާމް ދީނާ ދެކޮޅު ފިކުރީ ހަމަލާތަކުގެ ވަކިތަކުން ރާއްޖެ ސަލާމަތްވެގެން ދާނެ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
ހިޔާލު

ގުއިއްޒު

މިހިރަ މޮޔަޔާ. ޔާމީނު ނުހޮވުނުތާ މިހާރު 2 މަސްވީ. މި ގައުމުގެ އެއްމެ މީހަކުވެސް ކާފަރަކަށް ވިވާހަކަ އެއް އަދި އަޑެއްނީވޭ. ކަލޭ ކާފަރުވެގެން ނުދުވާކަމެއް ނޭގެ.

ޢަބްދުލް އާަރު

ފަހުޒަމާނުގަ އަރާނެ ދައްޖާލުވެސް އަޅާނުލާ. މިކަހަލަ ރޯނުއެދުރުން ދައްކާވާހަކަ ގަބޫލުކުރާނީ ހަމަސީދާ މުނާފިގުން.

އަލީ ސައީދު

މުހައްމަދު ޝަހީމެއްކަމަކު އަހަރެމެންގެ ދީނާ ބެހިގަންނަން ނޫޅޭތި. މި ދިވެހިރާއްޖެ އިސްލާމްދީންގެ މަތިވެރި ނޫރުން ޖަރީވެފައިވަނީ ޝަހީމަކާ ޔާމީނެއްގެ ސަބަބކުންނޫން. ތިޔައިން އެކަކު ނެތަސް މިގައުމުގަ އޮންނާނީ އިސްލާމްދީން. ޝައިޠާނީ ވާހަކަ ދައްކަންދިމާނުކުރާތި. އަހަރެމެންގެ އަޤީދާ ހަލާަކުކޮށެއްނުލެވޭނެ ކިތަންމެވަރަށް ފައިސާބެހިޔަސް. ލަލަ ލާާ ލާ

ޝަހީމްބެ

ނޮވެމްބަރ 17 ގެފަހުންވެސް އިސްލާމްދީން ރާއްޖޭގަ އޮންނަތަން ބައްލަވާލެއްވުމަށް މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ދައުވަތުއަރުވަން. ދަންނަބޭކަލުންގެ ދަންނަބޭކަލެކޯ ޝަހީމަކީ. އަދި އެހެން "ށޭކަކު" ބުނި ޤިޔާމަތަށް ދާންދެން އޮންނާނީ ޔާމީނުގެ ވެރިކަމޭވެސް. ބޯގޯސްވިޔަސް މިވަރުބޮޑު ދޯ.

ކޭބީ

ދީން މާރަނގަޅައް އިނގޭކަމަށް ބުނާ މީހާ އަތަށް ގޮވައިފަ މިއޮތީ

ހޕިހހ

މާ ޔާމީން ވެގެންނޯ........

ޙުސޭން

ކޮންމެބަޔަކު މިގައުމުގަ ވެރިކަންކުރިޔަސް އިސްލާމްދީން އޮންނާނެ.. އިންޝާﷲ

ޔަސް

އިޅިޔާސް އާ ޢިމްރާން ވެސް މިރަށުގަ ބުނި އަންނި މެން ކާފަރު ދީނުގެ އެޖެން ޓެކޭ މިހިރަ ނިކަގަސް ކާރީގަމިރަށު ރައްޔިތުން ހެކި ކޮށް

ގުއިއްޒު

އިސްލާމް ދީން ފޮނުއްވީ ޔާމީނަށްޓަކައޭ މީނަ އަދި ބުނާނެ. މީނަމީ ސޭހުންގެ ސޭހެއް.

ހަބޭސް222

ކަމަކަށް މާ އެދުން ބުޑުވީމަ ދީން ހަތިޔާރަކަށް ހަދައިގެން ދައްކާ ވާހަކަ! ނޭގޭ މީހާއަށްވުރެ ހުރިހާކަމެއް އެނގޭ މީހާގެ ޙާލަތަކީ މީ! ކިހުނެއް ރަނގަޅުވާނީ،

ބޮކުބާޑު

ޔާ ﷲ. މިއީ ކޮންކަހަލަ މީހެއްތޯ؟

އޭބީ

މީނަވެސް ދައްކާވާހަކަދޯ؟

ޙަމީދު

ކަލޯގަޔާ ކުފުރުނުވެ ވޭތޯބަލާތި. ޝަހީމެއްކަމަކު އިސްލާމްދީނަކާ ނުކުޅެވޭނެ. މުޅރާއްޖެ އޮންނާނީ އަބަދުވެސް އިސްލާމްދީން ދިފާުކުރުމުގަ. ޝަހީމެއް، ޔާމީނެއްނުބަލަނަށް އަހުރެމެނެއް.

އަޙްމަދު

މިޤައުމުގައި މިއަދާއި ހަމައަށް އިސްލާމް ދީން މި އޮތީ ޔާމީން ކުރި ކަމަކުންތޯ؟ ޔާމީން މަރުވެއްޖިނަމަ މި ޤައުމުން އިސްލާމްދީން ފުހެވޭނީތޯ؟ ތިޒާތުގެ ވާހަކަ ޤަބޫލުކުރާ ރައްޔިތުންނެއް މިހާރަކު ނޫޅޭ. ވަރަށް ސަލާމް.

ސަތަރޭ

އަމައްޔާއީ..