Kessa Nama Maamui Vareh Neh
image
މާމުއި--
0 ކޮމެންޓް
 

ކެއްސާ ނަމަ މާމުއި ވަރެއް ނެތް

ކެއްސުމަކީ އާންމު ގޮތެއްގައި ރޯގާ ޖެހިގެން ވާކަމެކެވެ. އެގޮތުން ރޯގާ ރަނގަޅު ވާން އުޅޭ ދުވަސް ކޮޅު މިއީ އާންމުކަމެކެވެ. ގިނަ ބަޔަކު އެކަމަށް ބޭސް ބޭނުން ކުރާއިރު ބޭސް ބޭނުން ނުކޮށް އޭގެ ހައްލު ލިބިދާނެއެވެ.
ކެއްސާ ނަމަ މާމުއި ބުއިމަކީ ވަރަށް އަވަހަށް، ކެއްސުން ރަނގަޅުވާ ކަމެކެވެ. އެގޮތުން މާމުއި އަކީ ކުޑަކުދިންނަށް ވެސް އަދި ބޮޑެތި މީހުން ވެސް ބޭނުން ކުރުން ރަނގަޅުއެއްޗެކެވެ. ކެއްސާ ނަމަ ހަމަ އެކަނި މާމުއިވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން މޭޒުމަތި ސަމްސާގެ މާމުއި ކެއްސާ ވަގުތުތަކުގައި ބޯލެވިދާނެއެވެ. އޭގެ އިތުރުންވެސް މާމުއި އާއެކު ބޭނުން ކުރެވޭ ބައެއް ތަކެތި ހުރެއެވެ. އޭގެ ތެރޭގައި:

މާމުއި އާއި ލުނބޯ: ހޫނު ސައިތައްޓަކަށް މާމުއި ސަމްސަލެއް އަޅާލުމަށްފަހު އޭގެ ތެރެއަށް ލުބޯ ހުތް ކޮޅެއް ޖަހާލައި ގިރާލާނީއެވެ. މިހެން ދުވާލަކު ދެތިން ފަހަރު ބޭނުން ކުރެވިދާނެއެވެ.

މާމުއި އާއި އިނގުރު: އިނގުރު ކޮޅެއް ކުދިކޮށްލުމަށްފަހު އޭގެ ތެރެއަށް އެއް ސައި ސަމްސާ މާމުއި އަޅައި އެއްކޮށްލުމަށްފަހު ބޯލާނީއެވެ. މިހެން ދުވާލަކު ދެތިން ފަހަރު ބޭނުން ކުރެވިދާނެއެވެ.

މާމުއިގެ އިތުރުން ވެސް ކެއްސާ ނަމަ ޔޯގޮޓް ވެސް ބޭނުންކުރެވިދާނެއެވެ. އޭގެ އިތުރުން ލޮނުފެނުން ކަރު ދޮވެލެވިދާނެއެވެ.
ކެއްސުން ފޭޑި
ހިޔާލު