Annaarun Hashigandah Gina Faidhaathakeh
image
އަންނާރު
0 ކޮމެންޓް
 

އަންނާރުން ހަށިގަނޑަށް ގިނަ ފައިދާތަކެއް

އަންނާރަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. މިއީ އެކި ވިޓަމިންތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ.
މިއީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އެކުލެވޭ މޭވާއެކެވެ. މި ބަލާލަނީ އަންނާރުން ލިބޭ ބައެއް ސިއްހީ ފައިދާތަކަށެވެ.

ލޭ މަދުވާ މައްސަލަ ހައްލުކޮށްދޭ

ލޭ މަދުވުމަކީ ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. އަންނާރަކީ އަޔަން ހިމެނޭ މޭވާއަކަށްވާތީ ލޭ މަދުވުމުގެ މައްސަލަ ދިމާވާ މީހުން ކެއުމަށް މިއީ ވަރަށް ރަނގަޅު މޭވާއެކެވެ.

ހަޖަމްގެ މައްސަލަ ރަނގަޅުކޮށްދޭ

ހަޖަމް ކުރުމުގެ މައްސަލަ ހުންނަ މީހުންނަށް އަންނާރަކީ ވަރަށް ރަނގަޅު މޭވާއެކެވެ. އަންނާރުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ބަނޑު ހަރުވުން ފަދަ ކަންކަން ހައްލުކޮށްދެއެވެ.

ކެންސަރުން ރައްކާތެރިވުން

އަންނާރަކީ އެންޓި އޮކްސިޑެންޓް ފްލޭވޮނޮއިޑް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކުން އަންނާރު ބޭނުންކުރާ ނަމަ ދުރުކޮށްދެއެވެ.

ހިތުގެ ބަލިތައް

އަންނާރު ކާނަމަ، ހާޓް އެޓޭކް އާއި ސްޓްރޯކް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަންނާރު ކާނަމަ، ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުކޮށްދެއެވެ.
ފޭޑި ސިއްހަތު
ހިޔާލު