Youth City aki zuvaanunge aa Madhina: Raees yameen
image
ރައީސް އަބްދުﷲ ޔާމީން ރޭގެ ރަސްމިއްޔާތުގައި
11 ކޮމެންޓް
 

ޔޫތްސިޓީ އަކީ ޒުވާނުންގެ އާ މަދީނާ: ރައީސް ޔާމީން

ހުޅުމާލެ ޔޫތް ސިޓީއަކީ ޒުވާނުންގެ އާ މަދީނާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން މިހެން ވިދާޅުވީ މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ "ސިނަމާލެ" ބްރިޖް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރިޖްގެ މަސައްކަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބްރިޖް ހުޅުވިގެން މިދިޔައީ ބްރިޖްގެ މަސައްކަތް އިތްފިތާހު ކުރިތާ ތިން އަހަރާއި 11 މަސް ފަހުން ކަމުގައެވެ. އަދި ބުރިޖަކީ ޔޫތް ސިޓީއަށް ދެނޭވެ އާމަގުކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ "އެއީ އުއްމީދު ސިޓީކަމަށާއި ޒުވާނުންގެ އާ މަދީނާ" ކަމުގައެވެ.

"ދަ ބްރިޖް ދެޓް އެނޭބަލްސް އީގަރ ޔަންގް މެން އެންޑް ވޮމެން ޓް ކްރޮސް އޯވަރ އިންޓްދަ ޔޫތް ސިޓީ، ދަ ސިޓީ އޮފް ހޯޕް، އަ ނިއު މަދީނާ ފޯރ އަވަރ ޔޫތް" ރައީސް ޔާމީން ވިދާޅުވިއެވެ.

The Bridge that enables eager young men and women, to cross over into the Youth City, the City of Hope, a new Madina for our youth.

ސިނަމާލެ ބްރިޖް ހުޅުވާފައިވަނީ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްބި ހާއްސަ ރަސްމިއްޔާތުގައެވެ. ހަވާއެރުވުމުގެ ކުލަ ގަދަ ހަފްލާގައި ބުރިޖް ހުޅުމާފައިވާއިރު ޗައިނާގެ އޮފިޝަލުންނާއި ދިވެހި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި މިރޭ ބައިވެރިވެވަޑައިގެންނެވިއެވެ.

ބްރިޖްގެ މައި ދޮރު ދިއްލާލުމާއި އެކު ބްރިޖް ހުޅުއްވާދެއްވީ ރައީސް ޔާމީނާއި ޗައިނާއިން މި ރަސްމިއްޔާތަށް ވަޑައިގެން އުޅުންވާ ހާއްސަ މަންދޫބު ވެންގް ޝިއާޓާއޯ އެވެ.

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ރަޙުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެ ޤައުމުން ގުޅިގެން ތަރައްޤީކޮއްފައިވާ މި ބުރިޖުގެ ދިގުމިނުގައި 1.3 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވޭނެއެވެ.

ބްރިޖްގެ މަސައްކަތް ނިމި މިރޭ ހުޅުވިއިރު ބުރިޖްގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުއެވެ.

ސިނަމާލެ ބްރިޖަށް ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. ސިނަމާލެ ބްރިްގެ މަސައްކަތަށް ދިވެހި ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.
ހިޔާލު

ސަލީމް

Madina means Land of beauty

ސަމާލު

ގަމާރުންނޭ .އޭގެ މާނައަކީ ތަހްޒީބާ ތަމައްދުން

މަރީ

އިނގިރޭސި ބަހުން ދިން ސްޕީޗެއްގައި އެތަނަށް މަދީނާ ގެންނާކަށް ނުޖެހޭ... ކީއްވެ އެހެން ސިޓީއެއްގެ ނަން ނުކީ.. މަދީނާއަކީ މުސްލިމުންގެ މުގައްދަސް ތަނަކަށްވާއިރު އެނަން ކިޔުމެއްގެ ބޭނުމެއްނެތް. އެހެންނޫނަސް ޗައިނާއަކީ މުސްލިމުންނަށް ނުހަނު އަނިޔާކުރާމީހުން އުޅޭ ބުދުދީނުގެ ގައުމެއް.
މަދީނާ އަަރަބި ބަހުން ސިޓީއަށް ކިޔާއިރު ދިވެހިބަހުން އެއީ ޚާއްޞަނަމެއްކަން ފާހަގަކޮށްލަން..

އަރޭ

އިނގިރޭސިން ދިން ސްޕީޗެއްގައި ކީކުރާށޯ އަރަބިން ސިޓީ މިކީ ދެން. ތީ ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ނަމަ އިސްލާމް ދީނަށް ފުރައްސާރަ ކުރިއޭ ގޮވަމުން ލަކޭމެން ދުވެ ފުމެ ނަގާނެ

ހަވާ ނަފްސު

ކަލޯގެއާ މައްކާބޭނުންވަނީ ޒުވާނުންއެކަންޏެއްނޫނޭ. ކުފުރުނުވެ ދީނުންބޭރުނުވެ އަވަހަށްފައިބާ .. ތިހާވަރުންދާނަމަ ހުޅުމާލޭގަ ގެފުޅެއްބިނާކޮށްފަ ފިޔާތޮށިންފޮނުވައިގެން އެތަނުގަތަވާފުވެސްކުރުވާނެ އަދި އެއަށްފަހު ދިވެހިންގެ ކަލެއްކަމަށް ދައުވާވެސްކުރާނެހެންހީވޭ ؟ ހުރިހިތާމައެއްގެބޮޑުކަމާއޭ ..

ކޮސް އިމާމް

ނަސީބެއްނު މިބުރިޖަކީ ސިރާތުމަގޭ ނުބުނިކަން.

ފާތުން

ޙަަައްޖައްދާ މީހުންނަށް ވަރަށް ފަސޭހަ ވާނެދޯ

މަބޮޑޭ

މަދީނާގެ މާނައަކީ "ސިޓީ"

ޢަލީ ޝަރީފް އިސްލާމިކު މިނިސްޓްރީ

ރައީސް ޔާމީން ހުޅުމާލެ ޒުވާނުންގެ މަދީނާގެ ނަމުގާ ސިފަ ކުރެއްްވުމަކީ ރަނގަޅު ކަމެއް ހަގީގަތުގަ އެ އީ މުޅިން އާ މަދީނާ އެއް މަދީނާ އަރަބި ބަހުން ބޭނުން ކުރަނީ ސިޓީ ބޮޑެތި ރައްތަކަށް އެހެންވީމާ ދީނާ ހިލާފު ކަމެއް ނޫން އެއީ.

ސުޖާ

މިހާރަކަށް އައިސް ލާދީނީ އެތަކެއް ވަހެއް ވާހަކައެއް ރ.ޔާމީން ދައްކާއިރުވެސް އެމަށްސަލަ ބަލާނެ ބެލޭނެ ކީއްކުރަންތޯ ކުއްވެރިކޮއްލާނެ އިސްލާމިކް މިނިސްޓްރީ ގެ މުވަށްޒަފެއްހިސާބް ނެތް. 1 މިލިޔަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް އެންޓިކޮރަޕްސަން ގެ ތަހްގީގަށް ސާބިތުވެ، ތިމަށްނަގެއަށް ވަންނަނީ ހަލާލް ފައިސާނޫންކަމަށް ތަކްރާރްކޮން އެދަނީ ހާމަވާގޮތަށް ސާބިތުހިފޭވަރަށް ދައްކަމުން

އަމާދުރޭ

ބުރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރ. ރަނގަޅު ކޮށްލާ.