Amitabh Ge Anhen Dharifulhuge Fashion Brand Launch Koffi
image
ޝްވެތާ ބައްޗަން--
0 ކޮމެންޓް
 

އަމީތާބުގެ އަންހެން ދަރިފުޅުގެ ފެޝަން ބްރޭންޑް ލޯންޗުކޮށްފި

ބޮލީވުޑުގެ ލެޖެންޑު އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަންގެ ފެޝަން ލައިން "އެމްއެކްސްއެސް" ރޭ ލޯންޗުކޮށްފިއެވެ.
މުމްބާއީގައި އެފެޝަން ބްރޭންޑު ލޯންޗުކޮށްފައިވާއިރު އެބްރޭންޑަކީ ޑިޒައިނަރު މޮނީޝާ ޖައިސިންގްއާ ކޮލަބްރޭޓްކޮށްގެން ޝްވެތާ ލޯންޗުކުރި ފެޝަން ބްރޭންޑެއް ވެސް މެއެވެ.

އެމްއެކްސްއެސް ފެޝަން ލައިން ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ބޮލީވުޑުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރާއި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އަދި ނެހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދު ބޭޑީ އަދި ޝާހުރުކް ހާނުގެ އަންހެނުން ގޯރީ ހާނާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން ބައިވެރިވެފައިވެއެވެ.

-ޝްވެތާގެ ފެޝަން ލައިން ލޯންޗުކުރުމަށް ރޭ ބޭއްވި ހަފުލާގެ ތެރެއިން

އަމީތާބު އާއިލާގެ ހުރިހާ މެމްބަރުން ޝްވެތާގެ ފެޝަލް ލައިން ލޯންޗުކުރިމަށް ބޭއްވި ހަފުލާގައި ބައިވެރިވިއިރު ޝްވެތާ އަމިއްލައަށް ކުރިއަރައިގެން ދިއުމަށް މަސައްކަތްކުރާތީ ވަރަށް ބޮޑަށް ފަހުރުވެރިވާކަމަށް އޭނާގެ ކޮއްކޮ އަދި އެކްޓަރު އަބީޝޭކް ބައްޗަން ބުނެއެވެ.

އުމުރުން 44 އަހަރުގެ ޝްވެތާއަކީ އޭނާގެ އާއިލާގެ އެހެން މެމްބަރުންނާއި ހިލާފަށް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްް ނޫނެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި ޝްވެތާ ވަނީ އޭނާގެ ބައްޕައާއެކު އޭނާގެ އެކްޓުކުރުމުގެ ހުނަރު ދައްކުވައިދޭ ފަދަ އިޝްތިހާރަކުން ފެނިފައެވެ.
ހިޔާލު