Faseyhain Makeup Filuvaalan Beynuntha?
image
ފަސޭހައިން މޭކަޕް ފިލުވާލަން ބޭނުންތަ؟--
0 ކޮމެންޓް
 

ފަސޭހައިން މޭކަޕް ފިލުވާލަން ބޭނުންތަ؟

މޭކަޕު ކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ޕާޓީތަކާއި، އެހެނިހެން ހާއްސަ ހަފްލާތަކަށްދާން، ދިއުމުގެ އިތުރުން ގެއިން ބޭރަށް ނިކުންނަ އިރުވެސް މޭކަޕް ކުރާ މީހުންގެ އަދަދު މިހާރު މަދެއް ނުވާނެއެވެ. އެގޮތުން ފައުންޑޭޝަން އުނގުޅާ، އައިލައިނާ ބޭނުންކޮށް އަދި ލިޕްސްޓިކް މިހާރު ކޮންމެ މީހަކުހެން ޖައްސައެވެ. ތަފާތު އެކި ވައްތަރު ވައްޔަރު ބްރޭންޑު ތަކުގެ މޭކަޕް ބޭނުންކޮށް ގެއިން ބޭރަށް ނިކުމެ ގެއަށް އަންނައިރު މޭކަޕު ފިލުވުން ވަނީ ބޮޑުކަމަށެވެ. dhi2
މޭކަޕް ނުފިލުވާ ގިނަ އިރުގެ ހަންގަނޑަށް ބޮޑެތި ގެއްލުންތައްވާއިރު ގިނަ ބަޔަކު ދެކޭގޮތުގައި މޭކަޕް ފިލުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް މޭކަޕް ފިލުވުގެ ފަސޭހަ ގޮތްތައް އޮވެއެވެ.

މޭކަޕް ފިލުވުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެތި:
މާމުއި
ބޭނުން ކުރާނެ ގޮތް: ކުޑަ ފޮތިކޮޅެއް ހޯދުމަށްފަހު ހޫނު ފެނުން އެފޮތިކޮޅު ތެއްމާލާށެވެ. އަދި އެފޮތިކޮޅުތެރެއަށް އެއް ސައި ސަމްސާ މާމުއި އަދި ކުޑަ ބޭކިން ސޯޑާ ކޮޅެއް އަޅާލާނީއެވެ. އަދި އެއަށްފަހު މޫނުގައި ރަނގަޅަށް އެފޮތިކޮޅުން އުނގުޅާނީއެވެ. އަދި މޭކަޕް ފިލުމުން ރަނގަޅަށް މޫނު ދޮވެލާނީއެވެ.

ކިއުކަންބާ
ބޭނުން ކުރާނެ ގޮތް: ކިއުކަމްބާ ފަޅިއެއް ނަގައި އެފަޅި ހިމުން ކޮށްލުމަށްފަހު މޫނުގައި ހާކާލާނީއެވެ. ނުވަތަ ކިއުކަމްބާ ހިމުންކޮށްލުމަށްފަހު އޮލިވް އޮއިލް ކޮޅެއް އެއަށް އަޅާލުމަށްފަހު މޫނުގައި އުނގުޅާނީއެވެ. އަދި އެއަށްފަހު ރަނގަޅަށް މޫނު ދޮވެލާނީއެވެ.

ކިރު
ބޭނުން ކުރާނެ ގޮތް: ސައި ސަމުސާ އެއްގެ އަލްމަންޑު އޮއިލް ކިރު ތައްޓަކަށް އެޅުމަށްފަހު ކަފަ ކޮޅަކުން މުޅި މޫނުގައި ހާކާލާނީއެވެ. އަދި ލޮލުގައި ކޮށްފައިވާ މޭކަޕް ނައްތާލުމަށް ކަފަ ކޮޅެއް ކިރު ތައްޓެއްގެ ތެރެއަށް ލުމަށްފަހު، ލޮލުގައި ހާކާލެވިދާނެއެވެ.

މިކަންތައްތައް ތަކުގެ އިތުރުން އެކަމަށް ހާއްސަކޮށްފައި ހުންނަ ޓިޝޫ ބޭނުން ކުރެވިދާނެއެވެ. މޭކަޕް ނުފިލުވާ ނިދާނަމަ މޫނު މަތި ހަޑިވެ އަނަރޫފަވާނެއެވެ. އޭގެ ބަދަލުގައި މޫނު ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ނަލަވުން މޭކަޕް ފޭޑި
ހިޔާލު