Funnabu falhaigendhanitha? Mikan Kolla Rangalhuvedhaane
image
ފުންނާބު ފަޅައިގެންދަނީތަ؟ މިކަން ކޮށްލާ ރަނގަޅުވެދާނެ--
2 ކޮމެންޓް
 

ފުންނާބު ފަޅައިގެންދަނީތަ؟ މިކަން ކޮށްލާ ރަނގަޅުވެދާނެ

ފުންނާބު ފެޅުމަކީ ވަރަށް އާންމުކޮށް މީހުންނަށް ދިމާވާ ކަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ ފަޔަށް އެހާވަރަށް އަޅާނުލެވޭތީއެވެ. ފުންނާބު ފެޅުމުގެ ސަބަބުން ފަޔަށް ތަދުވެ ހަންގަނޑު ހަޑިވެގެން ދެއެވެ.
ފުންނާބު ފެޅުން ކުޑަކުރުމަށްޓަކައި ނުވަތަ ހަންގަނޑު ރީތިކުރުމަށްޓަކައި ތަފާތު ވައްތަރު ވައްތަރުގެ ބޭސް ފަދަ އެއްޗެހި ހުރެއެވެ. ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ގުދުރަތީ ތަކެތި ބޭނުންކޮށްގެންވެސް މިކަމަށް ހައްލެއް ގެނެވިދާނެއެވެ.

ބޭނުން ކުރެވިދާނެ ބައެއް ތަކެތި:
ލުނބޯ
ބޭނުން ކުރާނެ ގޮތް: 15-20 މިނެޓް ވަންދެން ތާފަނާ ފެނުގައި ފައި ބާއްވާށެވެ. އެއަށްފަހު ފައި ރަނގަޅަށް ހިއްކާލުމަށްފަހު އެސައިސަމުސާ ވެސްލިން ތެރެއަށް ލުނބޯ ހުތް ކޮޅެއް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފައިގެ ފުންނާބުގައި ރަނގަޅަށް އުނގުޅާށެވެ. އެއަށްފަހު މަޑު އިސްޓާކީންޏަކަށް އަރާށެވެ. މިކަން ކުރާނީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. އަދި ހެނދުނު ހޭލުމަށްފަހު އިސްޓާކިން ބާލާ ރަނގަޅަށް ފައި ދޮވެލާނީއެވެ.

މާމުއި
ބޭނުން ކުރާނެ ގޮތް: ހޫނު ފެން ބާލިދީ ތެރެއަށް އެއް ސައިބޯތަށި މާމުއި އަޅާނީއެވެ. އަދި ފެނާ މާމުއި ރަނގަޅަށް އެއްކުރާނީއެވެ. އެއަށްފަހު ބާލިދީ ތެރެއަށް ފައި ލުމަށްފަހު 15 ނުވަތަ 20 މިނެޓުވަންދެން ބައްވާށެވެ. އަދި ފައި ރަނގަޅަށް އުނގުޅާލުމަށްފަހު ފައި ދޮވެލާނިއެވެ.

ކާށި ތެޔޮ
ބޭނުން ކުރާނެ ގޮތް: ކާށި ތެޔޮ ފައިގައި އުނގުޅުމަށްފަހު އިސްޓާކީނެއް އަޅާނީއެވެ. މިކަން ކުރާނީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. އަދި ހެނދުނު ހޭލުމަށްފަހު އިސްޓާކިން ބާލާ ރަނގަޅަށް ފައި ދޮވެލާނީއެވެ.

މިކަންތައްތަކުގެ އިތުރުން ފަޔާއި ގުޅޭ ފައިވާނެއް އަރާ ނުވަތަ ހަންގަނޑަށް ފައިދާ ކުރާ އެއްޗެހި ކައި، ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ނަލަވުން ފޭޑި
ހިޔާލު

ސަޖޯ

ތި އެއްކަމެއް ކުރާނެ ކަމެއްވެސް ނެތް. ކޮންމެ ރެޔަކު ފޮންނާބުގަ ތިލެޔޮ އުނގުޅައިގެން ނިދާ. އިތުރަށް މޮޅުކޮށްލާނަމަ ފުންނާބު ފޮރުވިލާ ވަރުގެ ފައިވާނަކަަށް އަރާ.

ހަބޭސް

ޝުކުރިއްޔާ ވަރަށްމުހިއްމުމަޢުލޫމާތެއް