Thunfai Kurakive Falhaigen Dhaanama Mikan Kohllevidhaane
image
ތުންފަތް ކުރަކިވެ ފަޅައިގެންދާނަމަ މިކަން ކޮށްލެވިދާނެ--
0 ކޮމެންޓް
 

ތުންފަތް ކުރަކިވެ ފަޅައިގެންދާނަމަ މިކަން ކޮށްލެވިދާނެ

ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ އެންމެވެސް ބެނުންވާނެ ކަމެކެވެ. އެގޮތުން ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެ މީހަކު ވެސް އެކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގިނަ މަސައްކަތްތައް ކުރެއެވެ. ނަމަވެސް ތުންފަތުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރާ މަންޒަރު ނުފެނެއެވެ.
ތަފާތު ވައްތަރުގެ ލިޕްސްޓިކް ތުންފަތުގައި އުނގުޅައި ކަންނެތް ކަމުން ލިޕްސްޓިކް ނުފިލުވާ ނިދާ މީހުންވެސް މަދެއް ނޫނެވެ. އޭގެ ސަބަބުން ތުންފަތުގެ ހަންގަނޑު ކުރަކިވެ، ފަޅައިގެންދެއެވެ. އަދި ރަނގަޅަށް ފެން ނުބޮއެ ރަނގަޅު ކާނާ ނުކާ ނަމަ ވެސް ތުންފަތުގެ ހަންގަނޑު ކުރަކިވެ، ފަޅައިގެންދެއެވެ. އެކަމަށް ހައްލެއް އެބައޮތެވެ. ތުންފަތް ކުރަކިވެ، ފަޅައިގެންދާނަމަ ގޭގައި ބޭނުން ކުރެވެ އެއްޗަކުން އެކަމަށް ހައްލެއް ގެނެވިދާނެއެވެ.

ތުންފަތް ކުރަކިވެ ފަޅައިގެންދާނަމަ ބޭނުން ކުރެވިދާނެ ބައެއް ތަކެތި:

ކިއުކަންބާ
ބޭނުން ކުރާނެ ގޮތް: ކިއުކަންބާގެ ތުނި ފޮއްޗެއް ނެގުމަށް ފަހު ފަސް މިނެޓު ވަންދެން ތުންފަތް މަތީގައި ބާއްވާލާނީއެވެ. މިގޮތަށް ކަންތައް ކުރުމުން ތުންފަތް ތާޒާވެ، އޮމާންވެގެން ދާނެއެވެ.

ކާށި ތެޔޮ
ބޭނުން ކުރާނެ ގޮތް: ތުންފަތް ކުރަކިވާނަަމަ ކޮންމެ ރެއަކު ނިދުމުގެ ކުރިން ކުރަކިވާ ސަރަހައްދުގައި ކާށިތެޔޮ އުނގުޅާށެވެ. އަދި ހެނދުނު ހޭލުމަށްފަހު ރަނގަޅަށް ތުންފަތް ދޮވެލާށެވެ. ކާށި ތެލަ އަކީ ހަންގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ހަކުރު
ބޭނުން ކުރާނެ ގޮތް: ހަކުރާއި މާމުއީގެ ޕޭސްޓެއް ހެދުމަށްފަހު ތުންފަތުގައި ހާކާލާނީއެވެ. އަދި އިރުކޮޅަކު ބަހައްޓާލުމަށްފަހު ތުންފަތުގައި މަޑުމަޑުން އުނގުޅާނީއެވެ. އަދި އެއަށްފަހު ތާފަނާ ފެނުން ތުންފަތް ސާފުކޮށްލާނީއެވެ. މިހެން ކަންތައް ކުރުމުން ތުންފަތުގައި މަރުވެފައި ހުރި ސެލްތައް ދާނެއެވެ.

މިކަންތައްތަކުގެ އިތުރުންވެސް ރަނގަޅަށް ފެން ބޮއެ ރަނގަޅު ކާނާ ކެއުމުން ވެސް އެކަމަށް ހައްލެއް ލިބިގެންދާނެއެވެ.
ނަލަވުން
ހިޔާލު