Cop Summitgai Raajjeuge Faraathun Baiverivevadaigannavaanee Raees Nasheed
image
ކޯޕް 15 ވަނަ ސަމިޓުގައި ރައީސް ނަޝީދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ---
2 ކޮމެންޓް
 

ކޯޕު ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރައީސް ނަޝީދު

އަންނަ މަހު ޕޮލޭންޑުގައި ބާއްވަން ހަމަޖެހިފައިވާ ކޯޕް 24 ސަމިޓުގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ(އިބޫ)ގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކޯޕު 24 ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެއްސިކަން އިއުލާންކޮށްފައިވަނީ އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީއެވެ.

މާރިޔާ ވިދާޅުވީ ރައީސް ނަޝީދަކީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅާ ކަމަށެވެ.

ކޯޕް 24 ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ އިރު، އެމަނިކުފާނުގެ ސަރުކާރުގައި ބޭއްވި ކޯޕް 15 ސަމިޓުގައި ރައީސް ނަޝީދު ވަނީ ބައިނަލް އަގުވާމީ ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ހޯއްދަވާފައެވެ. ކޯޕް ސަމިޓަށް ވަޑައިގެންނެވުމުގެ ކުރިން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް ސަމާލުކަން ހޯއްދެވުމަށް އެމަނިކުފާނު ވަނީ މޫދު އަޑީގައި ކެބނެޓު ބައްދަލުވުމެއް ބާއްވާފައެވެ.
ހިޔާލު

ވަހީދު

މިފަހަރު އަނެއްކާ އޯލްޓަނަޓް ނެރެޓެއް ގެ ވާހަކަ ނުދައްކާފިއްޔަަ ސަހަރޯ

ބެރިންމަދޫ ކުޑޭ

ކޯޕް ސަމިޓްއަށް ދިއުން ރަގަޅީ ނަޝީދު އަށް ވުރެން ބޮޑައް ރައީސް މައުމޫން. ސަބަބަކީ ދުނިޔޭގެ ސަމާލުކަމައް ތިމާވެށިގެ މަސްއަލަ ގެނައުމުގައި ރައީސް މައުމޫން ކުރައްވި މަސައްކަތް ތަފާތު ސަމިޓްތަކުގައި ދިވެހިރާއްޖޭ ތަމްސީލުކުރައްވަމުން މޫސުމައް އަންނަ ބަދަލުތަކުގެ ސަބަބުން ކުދިޖަޒީރާ ގައުމުތަކާ ބިންތިރި ސަރަހައްދު ތަކައް ކަނޑުގެ ލޮނުގަޑު އުފުލުމުން ދިމާވެދާނެ މަސްއަލަތަކާ ގުޅިގެން ދިމާވެދާނެ މަސްއަލަ ތަކާ ގުޅޭގޮތުން ދުނިޔޭގެ ސަމާލުކަމައް ގެނައުމާ އެކަން މީހުންގެ ހަދާނުން ފިލައިގެން ދިޔަނުދިނމައް ކުރެއްވިމަސައކަތް