DeepVeer Reception Party ah Katrina ai Ranbir ah Ves Dhauvathu dhey
image
ކެޓްރީނާ، ރަންބީރް، ދީޕިކާ އަދި ރަންވީރު---
0 ކޮމެންޓް
 

ދީޕްވީރްގެ ރިސެޕްޝަން ޕާޓީއަށް ކެޓްރީނާ އާއި ރަންބީރަށް ވެސް ދައުވަތުދޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯނުގެ ރިސެޕްޝަން ޕާޓީއަށް ކެޓްރީނާ ކައިފާއި ރަންބީރް ކަޕޫރަށް ވެސް ދައުވަތު ދޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އިޓަލީގެ ލޭކް ކޯމޯގެ ވިލާ ޑެލް ބަލްބިއާނެއްލޯގައި ކައިވެނިކޮށްފައިވާއިރު އެދެތަރިން ވަނީ އިއްޔެ މުމްބައި އަށް އެނބުރި އައިސްފައެވެ. އަދި މިމަހު 28 ވަނަ ދުވަހު ބޮލީވުޑުގެ ފަންނާނުންނަށާއި ހާއްސަ ރަހުމަތްތެރިންނަށް ހާއްސަ ޕާޓީއެއް މުމްބާއީގައި ދިނުމަށް ނިންމާފައިވާއެވެ.

އެޕާޓީއަށް ކެޓްރީނާ އަށާއި ރަންބީރަށް ދައުވަތު ދޭނެ ކަމާމެދު ގިނަ ބަޔަކު އައީ ސުވާލު އުފައްދަމުން ދިޔައިރު ދީޕިކާ އާއި ރަންބީރު މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާއިރު އެދެމީހުން ރުޅިވީ ކެޓްރީނާގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭގެ ސަބަބުން ދީފިކާ އާއި ކެޓްރީނާ ދެމެދު ނަފުރަތު އުފެދިފައިވާކަމަށާއި ދީޕިކާގެ ރިސެޕްޝަން ޕާޓީއަށް ރަންބީރަށާއި ކެޓްރީނާއަށް ދައުވަތު ނުދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހަބަރުތައް ދޮގުކުރަމުން އިންޑިއާގެ ނޫހެއް ކަމަށްވާ ޕިންކްވިލާ އިން ބުނީ ރަންވީރާއި ދީޕިކާ މިހާރު މާޒީގެ ހަނދާންތަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެގޮތުން ރެސެޕްޝަން ޕާޓީއަށް ގިނަ ފަންނާނުންނަށް ދައުވަތު ދޭނެ ކަމަށާއި އޭގެ ތެރޭގައި ކެޓްރީނާ އާއި ރަންބީރު ވެސް ހިމެނޭ ކަމަށާއި އަދި ރަންވީރު މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު އަނުޝްކާ ޝަރުމާއަށް ވެސް ދައުވަތު ދޭނެ ކަމަށް ވަނީ ބުނެފައެވެ.

ދީޕިކާ އާއި ގާތް ގުޅުމެއް އޮންނަކަމަށް ކެޓްރީނާ ހާމަކޮށްފައިވާއިރު ކެޓްރީނާ ބުނީ އޭނާ އާއި ދީޕިކާ އާއި ދެމެދު ވެސް ވަރަށް ވަރުގަދަ ގުޅުމެއް އޮންނަކަމަށެވެ. އެގޮތުން އެއް ޖިމަކަށް ދާކަމަށް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ކަރަން ވަނީ އެސީޒަން ފެށުމުގެ ގޮތުން ދީޕިކާ އާއި އާލިއާ ޝޯގައި ބައިވެރިވުމުން ވެސް ކެޓްރީނާ އާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ދީޕިކާ ބުނީ ކޮންމެ ދުވަހަކު ގުޅައި ނުހެދިނަމަވެސް ކެޓްރީނާ އާއި އޭނާ އެކުގައި އުޅުމަށް ވަރަށް ކޮމްފޯޓަބަލް ކަމަށެވެ.

އިޓަލީގައި އޮތް ދީޕިކާ އާއި ރަންވީރުގެ ކައިވެނީގައި ބައިވެރިވެފައިވަނީ އެމީހުންގެ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ. ކައިވެނީގެ ފޮޓޯތައް ބެލުމަށް ގިނަ ސަޕޯޓަރުންތަކެއް ކެތްމަދުވެފައި ތިބިއިރު ކައިވެނީގެ ހަފުލާއިން އެމީހުން ހިއްސާކޮށްފައި ވަނީ އެންމެ ދެ ފޮޓޯއެވެ. ދެ ތަރިން ކައިވެނި ކޮށްފައި މިވަނީ ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުއެވެ.
ހިޔާލު