Neymar Alun Barcelona Ah Badhaluvanee!?
image
ނޭމާ ފޮޓޯ:---
0 ކޮމެންޓް
 

ނޭމާ އަލުން ބާސެލޯނާއަށް ބަދަލުވަނީ!؟

ދާދިފަހުން ދުނިޔޭގެ ރެކޯޑު ޓްރާންސްފާ ފީއަކާއެކު ބާސާދޫކޮށް، ޕީއެސްޖީއާ ގުޅުނު ނޭމާ އަލުން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިންގެ ނޫހަކުން ރިޕޯޓް ކޮށްފި އެވެ.
މި ރިޕޯޓް ބުނާ ގޮތުގައި މީގެ 18 ވަރަކަށް މަސް ކުރިން ޕީއެސްޖީއާ ގުޅުނު ނޭމާ އެކްލަބު ދޫކޮށްލަން ބޭނުން ވަނީ ދޫކޮށްލާށެވެ. ޕީއެސްޖީގައި ނޭމާއާއެކު އެ ޓީމުގެ ފޯވާޑް ލައިނުގައި ހަރަކާތްތެރިވާ ދެ ކުޅުންތެރިންކަމުގައިވާ އެޑިންސަން ކަވާނީ އާއި ކީލިއަން އެމްބާޕޭއާ ނޭމާއާ ދެމެދު އޮންނަ ގުޅުން ވެސް ވަނީ ވަރަށް ހީނަރުވެފައިވާއިރު ބެލެވޭ ގޮތުގައި މިއީ ނޭމާ ކްލަބު ދޫކޮށްލުމަށް ވިސްނަމުންދާ މައިގަނޑު ސަބަބެވެ.

ދުނިޔޭގެ ރެކޯޑު 200 މިލިއަން ޕައުންޑުގެ އަގަކަށް ޕީއެސްޖީއާ ގުޅުނު ނޭމާ ދޫކޮށްލަން ޕީއެސްޖީން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީން ނޭމާ ވިއްކާލުމަށްފަހު އެކްލަބުން ދަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރ ޑޭވިޑް ޑެހެއާގެ އިތުރުން ވެސް ޗެލްސީގެ ފޯވާޑް އީޑަން ހަޒާޑުގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ބަދަލާއެކު އެކްލަބުން ބޭނުން ވަނީ އެކްލަބުގެ "ސްޓާ" ކުޅުންތެރިއެއްގެ ގޮތުގައި ކީލިއަން އެމްބާޕޭ ބޭނުން ކުރާށެވެ.

ނޭމާ އެނބުރި ބާސެލޯނާއާ ގުޅެން އުޅޭ ކަމުގެ ވާހަކަތައް ފެންމަތިވެ ފެތުރެމުން ދިޔަ ކަމުގައި ވީނަމަވެސް އަދި ނޭމާގެ ފަރާތުން މިކަމާ ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުމަށްފަހު މިހާތަނަށް އެކްލަބަށް 41 މެޗު ކުޅެދީފައިވާ ނޭމާ ވަނީ އެކްލަބަށް 46 ލަނޑު ޖަހާދީފައެވެ.


ހިޔާލު