Coalition Nuroalhey, MDP in Nimmee 87 Dhaira ah Nikunnan: Aleem
image
0 ކޮމެންޓް
 

ކޯލިޝަން ނުރޫޅޭ، އެމްޑީޕީން ނިންމީ 87 ދާއިރާއަށް ނިކުންނަން: އަލީމް

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރުމަށް ހަތަރު ލީޑަރުން އުފެއްްދި ކޯލިޝަން ނުރޫޅޭ ކަމަށް ރައީސް މައުމޫނު ރިފޯމް މޫމަންޓުން ބުނެފިއެވެ.
ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ނުރޫޅޭ ކަމަށާއި އެމްޑީޕީން 87 ދާއިރާއަށް ނިކުންނަން ނިންމީ ކަމަށެވެ.


އަލީމް މިހެން ވިދާޅުވީ އެމްޑީޕީން ކޭކު އެއްކޮށް ކާލީ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުންނެވެ. އެމްޑީޕީން ރޭ ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެޕާޓިން ކުރިމަތި ލުމަށް ގައުމީ މަޖިލީހުން ފާސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ފާސްކޮށްފައިވީ ނަމަވެސް އެޕާޓީން ކޯލިޝަނަށް ހުށަހަޅާފައި ވަނީ 61 ދާއިރާއަކަށް އެޕާޓީން ކުރިމަތިލުމަށް ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން 14 ދާއިރާއަކަށް ކެމްޕޭނުގައި ކޯލިޝަނުގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ހިޔާލު