Club in Mourinho aa medhu hih hama jehey: Agent
image
ހޯސޭ މޮރީނިއޯ: ފޮޓޯ
0 ކޮމެންޓް
 

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހުރީ އުފަލުން ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހުރީ އުފަލުން ކަމަށް އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފި އެވެ. މެންޑޭޒް މިހެން ބުނެފައި މިބަނީ ދާދިފަހުން އިނގިރޭސި މީޑިއާތަކުން މޯރިނިއޯ އާ ގުޅިގެން ރިޕޯޓް ކޮއްފައިވާ މައްސަލަތަކާގުޅިގެން ވާހަކަ ދައްކަމުންނެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑުން ދެން އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރާނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ. މިދިޔަ ހަފްތާގައި އޮތް ޔުނައިޓެޑުގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ބައެއް ވެރިން ވަނީ މި ސީޒަނުގައި މޮރީނިއޯއާ އެކު ކުރިއަށް ދިއުމަށް ފަހު ރަނގަޅު ބަދަލެއް ނުފެނިއްޖެނަމަ ޕޮޗެޓީނޯ ގެންނަން ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ނިންމައިފަ އެވެ.

މޮރީނިއޯ ވަނީ މި އަހަރު ޖެނުއަރީ މަހު ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. އެކަމަކު ފަަހަކަށް އައިސް މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަން ދޫކޮށްލަން އުޅޭކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އޭނާ ރެއާލް މެޑްރިޑަށް އަލުން ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

"އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. ޔުނައިޓެޑްގައި މޮރީނިއޯ ހުރީ އުފަލުން. ކްލަބުން ވެސް އޭނާއާ މެދު ހިތްހަމަ ޖެހޭ. މޮރީނިއޯގެ އެބައޮތް ޔުނައިޓެޑާ އެކު ދިގު މުއްދަތެއްގެ އެއްބަސްވުމެއް. މޮރީނިއޯ އަންނަނީ ކާމިޔާބު ހޯދާނެ ޓީމެއް ބިނާކުރަމުން،" މެންޑޭޒް ބުންޏެވެ.
ހިޔާލު