Gina Dhuvas Thakakahfahu Manchester United Ah Molheh
image
0 ކޮމެންޓް
 

ގިނަ ދުވަސްތަކަކަށްފަހު ޔުނައިޓެޑަށް މޮޅެއް

ޕްރިމިއާ ލީގުގައި މޮޅުނުވެ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު މިރޭ ފުލަމް އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅެއް ހޯދައިފި އެވެ. Dhiraagu
މެންޗެސްޓާ ޔުނައިޓެޑުން މިރޭ ފުލަމްގެ މައްޗަށް ކުރި ހޯދީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ތާވަލުގެ ފުލުގައި އޮތް ފުލަމްއާ ދެކޮޅަށް ޔުނައިޓެޑުން ނުކުތް މި މެޗުގައި އެޓީމުގެ ފަރާތުން ވަނީ ރަނގަޅު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު އޭޝްލީ ޔަންގް ވަނީ ލަނޑެއް ޖަހާ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އެޓީމަށް މި ލީޑު ފުޅާކޮށްދިނީ ހުއާން މަޓާ އެވެ. އަދި ހާފު ނިމުމުގެ ކުރިން ރޮމެލޫ ލުކާކޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ފުލަމްއަށް ލަނޑެއް ކާމިޔާބުކޮށްދީ ސުންކަނޑުވާލީ ކަމާރާ އެވެ. އޭނާގެ މި ލަނޑަށް މިނެޓެއް ވެސް ނުވަނީސް އަންދްރޭ ޒަމްބޯއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ދެ ރީނދޫ ކާޑު ހަމަވެ އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. މި އާއެކު ފުލަމްއަށް މެޗުގެ ބަކީބައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގެ 82 ވަނަ މިނެޓުގައި ޔުނައިޓެޑަށް 4 ވަނަ ލަނޑެއް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފޯޑެވެ.

މި މެޗުން މޮޅުވެ ތާވަލުގެ 9 ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑުން ވަނީ 6 ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑު ތާވަލުގެ 6 ވަނާގައި އޮތީ 16 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ.
ހިޔާލު