City Inn Balinuve Dhamahattamun Ai Record Ah Chelsea Inn Nimumeh Genesfi
image
0 ކޮމެންޓް
 

ސިޓީން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ޗެލްސީން ނިމުމެއް ގެނެސްފި

މިފަހަރުގެ ޕްރިމިއާ ލީގު ސީޒަނުގައި ބަލިނުވެ މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި ރެކޯޑަށް ޗެލްސީން ނިމުމެއް ގެނެސްފި އެވެ.
ޕްރިމިއާ ލީގުގައި ބަލިނުވެ 15 މެޗު ހަމަކޮށްފައިވާ މެންޗެސްޓާ ސިޓީ، ޗެލްސީ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން ފުރިހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އެންގޯލޯ ކާންޓޭ އަދި ޑޭވިޑް ލުއިޒް އެވެ.

މި މޮޅާއެކު ޗެލްސީ ތާވަލުގެ ތިން ވަނާގައި 34 ޕޮއިންޓާއެކު އޮތްއިރު މެޗުން ބަލިވެ މެންޗެސްޓާ ސިޓީ ވަނީ ތާވަލުގެ 2 ވަނަ ޓީމުގެ މަގާމަށް ވެއްޓިފައެވެ. ދެވަނާގައި އޮތް ސިޓީއަށް 16 މެޗުން 41 ޕޮއިންޓު ލިބިފައިވާއިރު ވާދަވެރި ލިވަޕޫލުން މިރޭ ފުލަމްގެ މައްޗަށް ހޯދި މޮޅާއެކު އެޓީމު ވަނީ 42 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ.

ހިޔާލު