Priyanka ai Nickge Honeymoon Oman gai
image
ނިކް އާއި ޕްރިޔަންކާ---
0 ކޮމެންޓް
 

ޕްރިޔަންކާ އާއި ނިކްގެ ހަނީމޫން އޮމާން ގައި

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް މިމަހުގެ އެއް ވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު އެދެމީހުން އަންނަނީ ހަނީމޫނަށް އޮމާން އަށް ގޮސްފައެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް ވަނީ ވެސްޓާން ސްޓައިލަށާއި އިންޑިއަން ސްޓައިލަކަށް ވެސް ކައިވެނި ކޮށްފައެވެ. ދިއްލީގައި ބޮޑު ރިސެޕްޝަން ޕާޓީއެއް ބާއްވާފައިވާއިރު އެދެމީހުން މިހާރު އަންނަނީ އޮމާނުގައި އެކުގައި ވަގުތު ހޭދަކުރަމުންނެވެ.

ޕްރިޔަންކާ އިންސްޓާގުރާމު މެދުވެރިކޮށް އޮމާންގެ ބީޗް ސަރަހައްދުގައި ނަގާފައިވާ ޕޮޓޯއެއް ހިއްސާކޮށްފައިވާއިރު އެފޮޓޯއިން ފެނިގެންދަނީ ފަސްގަނޑު މަތީގައި ހިތެއްގެ ތެރޭގައި އެންޖޭ އަދި ޕީސީޖޭ ޖަހާފައިވާ މަންޒަރެވެ. އިތުރު ފޮޓޯއެއް އަދި ހިއްސާކޮށްފައިނުވާއިރު ދެފަންނާނުންގެ ސަޕޯޓަރުން މިހާރު ތިބީ އިތުރު ޕޮޓޯއެއް ޕޯސްޓުކުރޭތޯ ބަލަބަލައެވެ.


ޕްރިޔަންކާ އާއި ނިކް، މުމްބާއީގައި ފިލްމު އިންޑަސްޓުރީގެ މީހުންނަށް ބޮޑު ރިސެޕްޝަން ޕާޓީއެއް މިމަހު ފަހުކޮޅު ދިނުމަށް ނިންމާފައިވާއިރު ރިޕޯޯޓުތައް ބުނާގޮތުގައި އެޕާޓީއަށް ވަނީ ބޮލީވުޑުގެ ގިނަ ފަންނާނުންނަށް ދައުވަތު ދީފައެވެ.

ޕްރިޔަންކާ އާއި ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނުކުފައި ވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.
ހިޔާލު