Raees Maumoon Liverpool Match Balavan Supporterunnaeku Cafe' Ah
image
ރައީސް މައުމުން ފޮޓޯ:--
3 ކޮމެންޓް
 

ރައީސް މައުމޫން ސަޕޯޓަރުންނާއެކު މެޗު ބައްލަވަން ކެފޭއަށް

ޕްރިމިއާ ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރާ ފޯރިގަދަ މެޗު ބަލާލުމަށް ރައީސް މައުމޫން ލިވަޕޫލުގެ ސަޕޯޓަރުންނަށް ދައުވަތު ދެއްވައިފި އެވެ. kobadoctor
ލިވަޕޫލުގެ ރަސްމީ ދިވެހި ފޭން ބޭސްގެ ވައިބާރ ގްރޫޕުގައި އެމަނިކުފާނު އެ ގްރޫޕުގެ ހުރިހާ މެންބަރުންނަށް ދެއްވާފައިވާ ދައުވަތުގައި ވިދާޅުވެފައިވަނީ ލިވަޕޫލާއި ޔުނައިޓެޑު ބައްދަލު ކުރާ މެޗު ބަލާލުމަށް އެމަނިކުފާނާއެކު ސޯލްޓް ކެފޭއަށް ވަޑައިގަތުމަށެވެ. ރައީސް މައުމޫން ވަނީ އަންނަ އާދިއްތަ ދުވަހުގެ 8:30 އަށް ސޯލްޓް ކެޕޭއަށް އައުމަށް ސަޕޯޓަރުންނަށް ދައުވަތު އަރުވާފައެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި، މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 9:00 ޖަހާއިރު އެވެ.

ރައީސް މައުމޫންނަކީ ޒަމާނުން ސުރެ ލިވަޕޫލަށް ސަޕޯޓު ކުރައްވަމުން އަންނަ އެކްލަބުގެ ގަދަފަދަ ސަޕޯޓަރެކެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނާގައި އޮތް ލިވަޕޫލުން މި ސީޒަނުގައި ދައްކަމުންދާ މޮޅު ކުޅުމާއެކު އެކްލަބުން ވަނީ ޒަމާންތަކަކަށްފަހު ލީގު ކާމިޔާބު ކުރުމުގެ އުއްމީދު އާކޮށްފައެވެ. ލިވަޕޫލު ތާވަލުގެ އެއް ވަނާގައި 42 ޕޮއިންޓާއެކު އޮތްއިރު ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 41 ޕޮއިންޓެވެ.

ހިޔާލު

ސަލްވާ

ޖާބިރު ބުނާގޮތުގަ ޖާބިރުގެ އަތުން ދަރަންޏަށް ފައިސާ. ނުނަގާ މީހަކު ހުރި ހެނެއް ހިޔެއް ނުވޭ މައުމޫނު ، އިބޫ ، ޔާމީނު ވެސް ފައިސާ ނެގިކަމަށް އެކަލޭގެ އެބަބުނޭ ހޮނޑައިދޫ ހިނދުކޮޅުގަ އަބަދުވެސް ހުރެވެނީ ބާއޭވެސް ހިތަށް އަރާ އެހެންނާ ފަހެ

އަހުމަދު

ކޮފީ ލިބޭނެތަ....

ޏ

ސިޔާސީ ކަންތައްތަކާ ނޫޅުއް ލޮބިވާ ބަޔަކާ އެކު ފުޓްބޯޅަ މެޗް ބައްލަވާލައްވާ ހުން ނެވުން ރަގަޅުވާނީ ތިއުމުރުފުޅުގަ އެހެން ނޫނީ އިބޫގެ ވެރިކަމަށް މާގިނައިން ފާޑުކިޔެން ފަށާފާނޭ .އިބޫ ނައްޓާގެން ޖަލައް ލާފިނަމަ އަނެއް އަނެކަކު ޖާބިރު އަތުން ލޯލާރި ހޮދައިގެން ވެރިކަން ބަދަލު ކުރަން ނިކުންނާނީ