Zero ge aa Lava eh Nerefi
image
ކެޓްރީނާ ކައިފް---
0 ކޮމެންޓް
 

ޒީރޯގެ އާ ލަވައެއް ނެރެފި

އަނަންދް އެލް ރާއި ޑައިރެކްޓުކޮށް ނެރޭ ފިލްމު 'ޒީރޯ'ގެ އާ ލަވައެއް ނެރެފިއެވެ.
ޝާހު ރުކް ހާނާއި ކެތްރީނާ ކައިފް އަދި އަނުޝްކާ ލީޑު ރޯލުން ފެނިގެންދާ އާ ލަވައެއް އިއްޔެ ނެރެފައިވާއިރު އެލަވަ އަށް ކިޔަނީ 'ހުސްނު ޕަރްޗަމް' އެވެ. ކެޓްރީނާގެ ރީތި ނެށުން ފެނިގެންދާ އެލަވައަށް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެލަވަ ބަލާފައެވެ.

ލަވައިގެ ތަންކޮޅު ކޮޅުން ޝާހު ފެނިގެންދާއިރު މިއީ އެފިލްމުގެ ދެވަނަ ލަވައެވެ. މިމަހު ކުރިކޮޅުވަނީ ފިލްމުގެ ފުރަތަމަ ލަވަ ނެރެފައެވެ. މަޑުމައިތިރި ލޯބީގެ އެލަވައިގައި ފެނިގެންދަނީ ޝާހު އާއި އަނުޝަކާއެވެ.

އެފިލްމުގައި ޝާހް ފެނިގެންދާނީ ކުރު މީހެއް (ޑުއާފް)ގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެންދާނީ މަޝްހޫރު ތަރިއެއްގެ ގޮތުގައެވެ. އަދި އަނުޝްކާ ފެނިގެންދާނީ ނުކުޅެދޭ ސައިންޓިސްޓެއްގެ ރޯލުންނެވެ. ފިލުމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހިޔާލު