Qudhuhakee Israelge Verirah: Australia Boduvazeeru
image
އޮސްޓްރޭލިއޭގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
1 ކޮމެންޓް
 

ގުދުހަކީ އިޒްރޭލުގެ ވެރިރަށް: އޮސްޓްރޭލިއާ ބޮޑުވަޒީރު

އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް އޮސްޓްރޭލިއޭގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ. leaward
މޮރިސަން މި މޭމެރުމުން ވާހަކަ ދައްކަވާފައިވަނީ އޮސްޓްރޭލިއާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމާއި ގުޅޭގޮތުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުންވެ.

އޮސްޓްރޭލިއާގެ މިހާރު އޮތް ސަރުކާރުން ދެކޭގޮތުގައި ގުދުހުގެ ހުޅަނގަކީ އިޒްރޭލުގެ ބިމެކެވެ. އަދި ފަލަސްތީނަށް އޮތީ ގުދުސްގެ އިރުމަތީ ބައިކަމަށް ވެސް އެގައުމުން ދެކެއެވެ. އެހެން ނަމަވެސް އިދިކޮޅު ލޭބާ ޕާޓީން ބުނެފައިވަނީ އެ ޕާޓީއަށް އޮސްޓްރޭލިއާގެ ވެރިކަން ލިބިއްޖެނަމަ ގުދުހަކީ ފަލަސްތީނުގެ ބިމެއްކަމަށް ނިންމާނެކަމަށެވެ.

ގުދުހަކީ އިޒްރާއީލުގެ ވެރިރަށް ކަމަށް ކަނޑައަޅަން އެންމެ ފުރަތަމަ ނިންމެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއީ މީގެ އެއް އަހަރު ކުރިން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މައްސަލައިގައި އަރަބި ގައުމުތަކުންނާއި އިސްލާމީ ގައުމުތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މި މައްސަލަ މިހެން އޮއްވާ އިޒްރޭލުގައި އޮސްޓްރޭލިއާ އެމްބަސީ ވެސް ގުދުސްހަށް ބަދަލުކުރުމަށް ނިންމާފައެވެ. މީގެ ސަބަބުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ އަނިޔާއަށް ބާރު ލިބޭނެކަމަށް ގިނަބަޔަކު ދެކެއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވިދާޅުވީ ގުދުހަށް އެމްބަސީ ބަދަލުކުރާނީ އެތަނުގައި ހަމަޖެހުން ގާއިމުވުމުން ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގުދުހަށް އެމްބަސީ ބަދަލުކުރުމަށް ހަމަޖައްސަންޖެހޭ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިޔާލު

ދިވެހި ލޭ

އެހެން ވިއްޔާ ކަލޭމެންގެ ވެރިރަށް ކަމަށް ހަދައިގެން ތިއުޅޭ ކެންބެރާ އަކީ ރާއްޖޭގެ ވެރިރަށް.