Raushan Jian Ge Nan Male' City In Handhaan Nahthaalaigen Nuvaane: Shifa
image
ޝިފާ މުހައްމަދު---
1 ކޮމެންޓް
 

ރައުޝާން ޖިއާންގެ ނަން މާލޭ ސިޓީން ހަނދާން ނައްތާލައިގެން ނުވާނެ: ޝިފާ

މާލޭގައި އިމާރާތް ކުރަމުންދިޔަ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ ދަށުވެ، މަރުވި ރައުޝަން ޖިއާންގެ ނަން މާލޭ ސިޓީން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓުތަކަށް ޒިޔާރާތް ކުރަން ފަށާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެކަމާއި ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ، ރައުޝަން ޖިއާންގެ ނަން އެއްވެސް ކޮންސްޓްރަކްޝަން ކުންފުންޏަކުން ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި މަސައްކަތްތައް މީހުންނާއި ހަވާލުކުރާއިރު ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ޝިފާ ވިދާޅުވި އެވެ.

ސައިޓުތަކުގައި ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމުގެ މަސައްކަތް ވެސް ފެށިފައި މިވަނީ ރައުޝާނަށް ބޮޑު އަނިޔާއެއްވެ އެކުއްޖާގެ ފުރާނަ ދިއުމުން ކަމަށް ޝިފާ ވިދާޅުވި އެވެ.

"ވަރަށް މުހިއްމު މަގުސަދެއްގައި މިމަސައްކަތް ފެށިގެން މިދަނީ. މި ނިމުމަކަށް ގެންނާކަން ނޫނޭ." މިއީ ދާއިމީ ގޮތެއްގައި ކުރަން ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މާލޭގެ 161 ކޮންސްޓަރްކްޝަން ސައިޓެއްގައި މިހާރު މަސައްކަތް ކުރަމުން އަންނައިރު އެސައިޓުތަކުގެ ތެރެއިން ގަވައިދާ ހިލާފަށް މަސައްކަތް ކުރަނީ ކޮން ސައިޓުތަކެއް ކަން މި މަސައްކަތް ނިމޭއިރު އެނގޭނެ ކަމަށެވެ.

މިވަގުތު ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި ސޭފްޓީ ނެޓު ހަލާކުވުމާއި އެކަށީގެންވާ ގޮތެއްގައި ސޭފްޓީ ނެޓު ނެތް ކަން ފާހަގަކުރެވޭ ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި ކުރިން ދެވިފައި ހުރި ހައުސިން މިނިސްޓްރީގެ ސައިން ބޯޑުތައް ބޭނުން ކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ބަދަލުކުރެއްވި ދުވަހުން ފެށިގެން އަޅުގަނޑުމެން ހުންނާނީ ހުރިހާ މަސައްކަތު ބޯޑުތަކުގެ ސައިންތައް ބަދަލުކޮށްފަ." ޝިފާ ވިދާޅުވި އެވެ.

ޝިފާ އިތުރަށް ވިދާޅުވީ، ސައިން ބޯޑުތައް ބަހައްޓަން ޖެހޭ ތަނަކީ މަތީގައި އެލުވާފައި ހުންނަން ޖެހޭ ތަންތަން ކަމަށްވާތީވެ އާންމު ރައްޔިތުންނަށް އެތަކެތި ނުފެނިދާ ކަމަށެވެ. އެހެންކަމުން އެކަން ވެސް ބަދަލުކުރަން ޖެހޭ ކަަމަށް ޝިފާ ވިދާޅުވި އެވެ.
ހިޔާލު

އޮގަރުޝިފާބަބުރުޝިފާ

ނޫނޭ ސިޓީ ކައުންސިލުން ސިޔާސީ މަސައްކަތް ކުރީމަ ހުރިހާކަމެއްވެސް ހުންނާނީ ރަގަޅަށް!