Dharifulhu School ah Dhaan Nuheylumun Mamma Gulhi Polihah
image
ދަރިފުޅު ސުކޫލަށް ދާން ނުތެދުވުމުން މަންމަ ގުޅީ ފޮލިހަށް---
0 ކޮމެންޓް
 

ދަރިފުޅު ސުކޫލަށް ދާން ނުތެދުވުމުން މަންމަ ގުޅީ ފޮލިހަށް

އެމެރިކާގެ އަންހެނަކު ދަރިފުޅު ސުކޫލަށް ދާން ނުހޭލުމުން ފޮލިހަށް ގުޅައިފިއެވެ. dhi2
އެކުއްޖާގެ މަންމަ ބުނިގޮތުގައި ޒަޗަރީ ކޮންމެ ދުވަހަކު ނުހޭލާން ވަރަށް ބަހަނާ ދައްކާކަމަށެވެ. އެގޮތުން އޭނާއަށް ހޭނުލެވެނީ އޭނާގެ ދައްތަ ނުގޮވާތީ ކަމަށް ޒަޗަރީ ބުނާކަމަށް ޒަޗަރީގެ މަންމަ ވަނީ ބުނެފައެވެ. އަދި އެންމެ ފަހުން ޕޮލިހުންނަށް ގުޅާ ޒަޗަރީ ސުކޫލަށް ގެންދިޔައީ ފޮލިހުން ކަމަށް ޒަޗަރީގެ މަންމަ ބުނެއެވެ.

އުމުރުން 14 އަހަރުގެ ޒަޗަރީ ބުނިގޮތުގައި އޭނާ އަކީ ވަރަށް ކަންނެތް ކުއްޖެކެވެ. އަދި ނިދުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އަދި މިއީ އޭނާ ސުކޫލަށް ނުދާން ބަހަނާ ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށް ޒަޗަރީ ވަނީ ބުނެފައެވެ.

މިހާތަނަށް މިއަހަރު 100 ފަހަރު ސުކޫލަށް ނުދާން އެތައް ބަހަނާ ދައްކާފައިވާއިރު ޒަޗަރީ މަންމަ ބުނިގޮތުގައި ފުލުހުންނަށް ގުޅާ އެކަހަލަ ކަމެއް ކުރުމުން ޒަޗަރީއަށާއި އެހެން ކުދިންނަށް ވެސް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށެވެ.

ޒަޗަރީގެ މަންމަ ބުނިގޮތުގައި އޭނާ އެކަން ކުރީ އެކަން ކުރަން ޖެހޭތީއެވެ. އަދި ކުރިއަށް އޮތްތާވެސް އެކަހަލަ ބަހަނާ ދެން ދައްކައިފިއްޔާ ފުލުހުންނަށް ގުޅާނެ ކަމަށާއި އެކަމުން އޭނާއަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މީހުން އެމެރިކާ ފޭޑި
ހިޔާލު