Panadol aai Chapstick ufahdhaa kunfuni ehkohlanee
image
ޕެނަޑޯލް އުފައްދާ ގްލެކްސޯ ސްމިތު ކްލައިން: އާ ކުންފުނީގެ 68 ޕަސެންޓް ލިބޭނީ ޖީއެސްކޭ އަށް.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ޕެނަޑޯލް އާއި ޗެޕްސްޓިކް އުފައްދާ ކުންފުނި އެއްކޮށްލަނީ

މަޝްހޫރު ޕެއިންކިލާ ޕެނަޑޯލް އާއި ޗެޕްސްޓިކް ލިޕް ބާމް އުފައްދާ ކުންފުނި އެއްކޮށްލުމަށް ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.
ޕެނަޑޯލް އުފައްދާ ގްލެކްސޯ ސްމިތު ކްލައިން (ޖީއެސްކޭ) އާއި ޗެޕްސްޓިކް ލިޕް ބާމް އުފައްދާ ފައިޒާ ކުންފުނިން އެއްބަސްވެފައިވަނީ އެ ދެ ކުންފުނީގެ ކޮންޒިއުމާ ހެލްތުކެއާ ވިޔަފާރި އެއްކޮށްލުމަށެވެ. އޭރުން އެ ދެ ކުންފުނީގެ ހެލްތްކެއާ ވިޔަފާރިން އަހަރަކު 12.4 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މި އެއްބަސްވުމާ އެކު ޕެނަޑޯލް އާއި ޗެޕްސްޓިކް ލިޕް ބާމްގެ އިތުރުން އެނަޑިން އާއި އެކޯފްރެޝް ފަދަ ބްރޭންޑްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެން ދާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެ ކުންފުނީގެ ކޮންޒިއުމާ ހެލްތުކެއާ ވިޔަފާރި އެއްކޮށްލައިގެން އުފައްދާ ކުންފުނީގެ 68 ޕަސެންޓް ހިއްސާ އޮންނާނީ ޖީއެސްކޭ އަށެވެ. ބާކީ 32 ޕަސެންޓް ހިއްސާ އޮންނާނީ ފައިޒާ އަށެވެ.

އާ ކުންފުނީގެ ބޯޑުގައި ޖީއެސްކޭގެ ހަ ޑިރެކްޓަރުން ތިބޭއިރު، ފައިޒާގެ ފަރާތުން ބޯޑުގައި ތިބޭނީ ތިން ޑިރެކްޓަރުންނެވެ. ދެ ކުންފުނީގެ ކޮންޒިއުމާ ހެލްތުކެއާ ވިޔަފާރި އެއްކޮށްލައިގެން އުފައްދާ އާ ކުންފުނީގެ މަސައްކަތްތައް ފެށޭނީ އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކަމަށް އެ ކުންފުނިތަކުން ބުނެ އެވެ.
ހިޔާލު