ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ކުޅިވަރު
/
ރާއްޖެގެ ކުޅިވަރު
ދަ ހިޓްމޭން ރާއްޖެ އައުމުން ވެލާނާ އެއާޕޯޓުން އޭނާ އަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޕީބީއޭ
22 ޑިސެންބަރ 2018
0 ކޮމެންޓް
Tweet
ދިވެހިން ތަމްރީން ކުރުމަށް ޕޫލް ޗެމްޕިއަން، "ދަ ހިޓްމޭން" ރާއްޖޭގައި
ދިވެހި ޕޫލް ކުޅުންތެރިން ތަމްރީނު ކުރުމަށް، މަޝްހޫރު ދުނިޔޭގެ ޕޫލް ޗެމްޕިއަނުންގެ ތެރޭގައި ހިމެނޭ ތޯސްޓެން ހޯމަން (ދަ ހިޓްމޭން) ރާއްޖެ އަތުވެއްޖެ އެވެ.
ވޯލްޑް ޕޫލް-ބިލިޔާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ)ގެ، ދުނިޔޭގެ ނައިން-ބޯލް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ދަ ހިޓްމޭން ރާއްޖެ އައީ ރޭގަ އެވެ. މޯލްޑިވިސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ދައުވަތަކަށް އޭނާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަހްމަދު މާއިދާއި، ސެކްޓްރީ ޖެނެރަލް އަހްމަދު ޝަރީފެވެ.
ފަސް ދުވަހުގެ މުއްދަތަށް އާއްޖެ އަށް ކުރާ ދަތުރުގައި މިއަދު ދަ ހިޓްމޭން ވަނީ ދިވެހި ކުޅުންތެރިންނާ އެކީ ޕޫލް ކުޅެފަ އެވެ. އަދި މާދަމާ އިން ފެށިގެން ދިވެހި ކުޅުންތެރިން ތަމްރީނު ކުރަން ފަށާނެ އެވެ.
ރާއްޖޭގައި ޕޫލް-ބިލިއާޑް ކުރިއެރުވުމަށް އެމްޕީބީއޭން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒުވާނުން އެ ދާއިރާ އަށް ނެރުމަށް ޓްރެއިނިންތައް ހިންގުމުގެ އިތުރުން، ގައުމީ މުބާރާތްތަކާއި އޮފީސް މުބާރާތްތައް އެ ޖަމިއްޔާ އިން އަންނަނީ ގަވާއިދުން ބާއްވަމުންނެވެ.
ޖަރުމަނަށް އުފަން ދަ ހިޓްމޭން އަކީ ނައިން-ބޯލް ޗެމްޕިއަންކަމުގެ އިތުރުން ދުނިޔޭގެ ސްޓްރައިޓް ޗެންޕިއަންކަން ފަސް ފަހަރަށް ހޯދާފައިވާ، ޕޫލް-ބިލިޔާޑް ދުނިޔޭގެ ލެޖެންޑެކެވެ.
ގުޅުންހުރި
ބިލިއާޑް
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
ކުޅިވަރު
ޕޫލް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ: މެޓް
1 ގަޑިއިރު ކުރިން
އަންނަ އަހަރު ޕާޓީއަށް ވަންނަ މީހުންނަށް ޕްރައިމަރީގައި ވާދަނުކުރެވޭނެ: އެމްޑީޕީ
1 ގަޑިއިރު ކުރިން
އައްޑޫސިޓީގެ މަގުހަދަން ހަވާލުކޮށްފި
2 ގަޑިއިރު ކުރިން
ނޮދަން އޭރިއާގެ ސިފައިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
2 ގަޑިއިރު ކުރިން
މަސްތުވާތަކެއްޗާއެކު ދެ މީހަކު ގދ. ތިނަދޫއިން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން