Photo Story: Tsunamige Hithi Thajuribaathakaai Handhaanthah
image
ކަނދޮޅުދޫއަށް ސުނާމީ އަރާފައި--
0 ކޮމެންޓް
 

ފޮޓޯ ސްޓޯރީ: ސުނާމީގެ ހިތި ތަޖުރިބާތަކާއި ހަނދާންތައް

އެއީ މީގެ 14 އަހަރުގެ ކުރި އެވެ. އިންޑޮނޭޝިއާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑު 9.1-9.3 އާ ދެމެދު ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖޭ އަށް ވަރަށް ބޮޑަށް ކޮށް އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެގޮތުން އެ ކާރިސާގައި ރާއްޖެ އިން 82 މީހަކު މަރުވިއިރު 26 މީހަކު ވަނީ ވީނިވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށް ވުރެ މައްޗަށް އަރައެވެ. muni
- ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާ، ބައެއް ފޮޓޯތައް:

ރާޅު އަރައި ރަށެއްގައި ފެންބޮޑުވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅު އަރައި ރަށެއްގައި ފެންބޮޑުވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅު އެޅުމުގެ ސަބަބުން ބައެއް ސާމާނު މަގުތަކަށް ލައްވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅު އަރައި ގެއެއް އެއްކޮށް ހަލާކުވެފައި- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅުގައި މަގަކަށް ލޯންޗެއް އޮޔާ ލައްވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅުން ސަލާމަތްވާން މީހަކު ކުޑަ ކުއްޖަކު ގޮވައިގެން ދުވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

މާލެއަށް ފެންގަނޑު އަރާފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ރާޅު އަރާފައި-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީ އަރައި ރަށަކަށް ގެއްލުން ވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީގައި ރަށަކަށް ލިބުނު ގެއްލުން އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައްލަވާލައްވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

- މާލެއަށް ރާޅު އަރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީގައި ރަށަކަށް ލިބުނު ގެއްލުން އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ބައްލަވާލައްވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

- ރ. ކަނދޮޅުދޫއަށް ރާޅު އަރާފައި-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީގައި ރަކަށް ރާޅު އަރާފައި ވަނިކޮށް ދޮށީ އުމުރުގެ މީހަކަށް މީހަކު އެހީތެރިކަން ފޯރުކޮށްދެނީ-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީގައި ރަށަށް ގެއްލުން ލިބުމުން ބަޔަކު ކައިރި ރަށަކަށް ދިއުމަށް ފުރަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

- ސުނާމީގައި ގެއްލުން ލިބުނު ބަޔަކު ވަގުތީ ހިޔާގައި-- ފޮޓޯ: ސޯޝަލް މީޑިއާ

އެ ސުނާމީގައި ތިން ރަށެއް ފަޅުވިއެވެ. އެއީ ރ. ކަނދޮޅުދޫ އާއި މ. މަޑިފުށި، އަދި ދ. ގެމެންދޫއެވެ. އެގޮތުން ކުރިން ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ރ. ދުވާފަރުގައި ކަނދޮޅުދޫ ރައްޔިތުން ވަނީ އާބާދު ކޮށްފައެވެ. އަދި މަޑިފުށީ މީހުން އދ. މާމިގިލިއަށް ވަޒަންވެރި ކޮށްފައިވާއިރު ގެމެންދޫ މީހުން ވަޒަންވެރި ކުރީ އެ އަތޮޅު ކުޑަހުވަދޫ އަށެވެ.

ރާއްޖެއަށް ކުރިމަތިވި ހިތާމަވެރި އެކާރިސާގައި ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމާއި ގުޅިގެން، ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 އަކީ "ގައުމީ އެއްބައިވަންތަކަމުގެ ދުވަސް" ގެ ގޮތުގައި ފާހަގަކުރަން އޭރުގެ ވަޒީރުންގެ މަޖިލީހުން ނިންމިއެވެ. އެގޮތުން އެދުވަސް ފާހަގަކުރަން ފެށީ 2005 ވަނަ އަހަރެވެ.
ހިޔާލު