Miley aai Liam Kaiveni Kurikan Yageenkohdheefi
image
މައިލީ އާއި ލިއަމް: އެ ދެ މީހުން ދިމާވީ ދަ ލާސްޓް ސޯންގްގެ ޝޫޓިންގެ ތެރެއިން.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

މައިލީ އާއި ލިއަމް ކައިވެނި ކުރި ކަން ޔަގީންކޮށްދީފި

އެމެރިކާގެ މަޝްހޫރު ޕޮޕް ސްޓާ މައިލީ ސައިރަސް އާއި އޭނާގެ ލޯބިވެރިޔާ އަދި އޮސްޓްރޭލިޔާގެ މަޝްހޫރު އެކްޓަރު ލިއަމް ހޭމްސްވޯތް ކައިވެނިކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދެއް ވާހަކަތަކެއް ކަން އެ މީހުން ހާމަކޮށްފި އެވެ.
އެކަން ޔަގީން ވެގެން ދިޔައީ، ކައިވެނި ހަފްލާގެ ފޮޓޯއެއް މައިލީ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ. އެ ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ މީގެ 10 ވަރަކަށް އަހަރު ކުރިން، މަޝްހޫރު ފިލްމު "ދަ ލާސްޓް ސޯންގް"ގެ ޝޫޓިންގެ ތެރެއިން ދިމާވުމަށް ފަހު އެވެ.


ކައިވެނި ކުރި އިރު، އެ ދެމީހުން ކެލިފޯނިއާގައި ދިރިއުޅުނު ގެ، އެ ސަރަހައްދުގައި ރޯވި ބޮޑު އަލިފާންގަނޑު (ވައިލްޑް ފަޔާ)ގައި ވަނީ އަނދާ ހުލިވެފަ އެވެ. މީޑިއާ ތަކުން ބުނާގޮތުގައި ކައިވެނި ހަފްލާ ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ފްރޭންކްލިން، ޓެނެސީގައި ހުންނަ މައިލީގެ އެހެން ގެއެއްގަ އެވެ.

ދެ ތަރިންގެ ކައިވެނި ހަފްލާ ބޭއްވީ ވަރަށް ކުޑަކޮށް ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި ދައުވަތު ދިނީ އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް އެކަނި ކަމަށް ވެއެވެ.

މައިލީ އާއި ލިއަމް ކައިވެނި ކުރި އިރު އެ ދެ ތަރިން އެންގޭޖްވީ 2012ގަ އެވެ. ނަމަވެސް ޖެހިގެން އައި އަހަރު އެންގޭޖްމަންޓް އުވާލާ، ދެ ތަރިންގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން ދުރުވީ އެވެ. އަނެއްކާ ވެސް އެ ދެ ތަރިން އެކުގައި ފެނިގެން ދިޔައީ 2015 ވަނަ އަހަރެވެ. އަދި ހަމަ އެ އަހަރު ވަނީ އަލުން އެންގޭޖްވެފައިވާ ކަން ދެ ތަރިން ހާމަކޮށްފަ އެވެ.
ހިޔާލު