Phillipines ah Binhelumakaeku Tsunami ehge Inzaaru
image
ފިލިޕީންސަށް ބިންހެލުމެއްގެ އަސަރު ކޮށްފި---
0 ކޮމެންޓް
 

ފިލިޕީންސަށް ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

ފިލިޕީންސްގެ މިންޑަނާއޯ ނަމަކަށް ކިޔާ ރަށަކަށް އައި ބިންހެލުމަކާއެކު ސުނާމީއެއް އައިސްދާނެ ކަމުގެ އިންޒާރު ދީފިއެވެ.
އެ ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން ހެނދުނު 08:30 ގައެވެ. 7.2 މެގްނެޓިއުޑްގެ ބާރުގައި އައި އެބިންހެލުމުގެ ސަބަބުން އިންޑޮނޭޝިއާށާއި ޕިލިޕީންސްއަށް މިހާރު ވަނީ ސުނާމީ އަރާފާނެ ކަމަށް އިންޒާރު ދީފައެވެ.ބިންހެލުން އައި ސަރަހައްދާއި ވަށައިގެން 300 ކިލޯމީޓަރުގެ ސަރަހައްދަކަށް އެ އިންޒާރު ދީފައިވައިރު އެބިންހެލުން އައިސްފައި ވަނީ ކަނޑުގެ 49 ކިލޯމީޓަރު އަޑިއަށް ކަމަށް ބޭރުގެ ހަބަރުތަކުން ބުނެއެވެ. އެހެން ނަމަވެސް މި ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މިމަހުގެ ތެރޭގައި އިންޑޮނޭޝިއާއަށް ވަނީ ސުނާމީއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެހެންކަމުން ފިލިޕީންސް ރައްޔިތުން މިކަމަށް ސަމާލުވުމަށް ވަނީ ގޮވާލާފައެވެ.
ހިޔާލު