ހޮލީވުޑުގައި މިދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ފިލްމުތައް ނެރޭނެ ދުވަހަކަށެވެ.
މި އަހަރު ނެރުމަށްހަމަޖެހިފައިވާ ބައެއް ފިލްމުތައް:
ދަ ލަޔަން ކިންގް

އެފިލްމަކީ 1994 ގައި ނެރުނު ލަޔަން ކިންގް ކާޓޫނު އަސްލަށް ބަލައިގެން އުފައްދާ ލައިވް އެކްޝަން ފިލްމެކެވެ. އެފިލްމުގެ ޓުރެއިލާ މިހާރު ނެރެފައިވާއިރު ގިނަ ބަޔަކު ތިބީ އެފިލްމު ބެލުމަށް ކެތްމަދުވެފައެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
ކެޕްޓަން މާވެލް

ބެރީ ލާސަން ލީޑު ރޯލުން ފެނިގެންދާ އެފިލްމަކީ އެއްނާ ބޯޑެން އާއި ރީއަން ފުލެކް ޑައިރެކްޓުކުރާ ފިލްމެކެވެ. އެފިލްމަކީ ދެ އޭލިއަންއެއް ހުރާ ހަނގުރާމައެކެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ އަށް ވަނަ ދުވަހުއެވެ.
ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް

މިފިލްމަކީ އަންނަ އަހަރު ޖުލައި މަހު 26 ގައި ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ލީޑު ރޯލުން ލިއޮނާޑޯ ޑިކަޕްރިއޯ އާއި ބްރެޑް ޕިޓް، މާގޮޓް ރޮބީ އަދި ޑަކޯޓާ ފަނިން ފެނިގެން އެފިލްމު ޑައިރެކްޓުކޮށްފައިވަނީ ކުއެންޓިން ޓްރަންޓިނޯއެވެ.
ޓޯއީ ސްޓޯރީ 4

އަންނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ އެފިލްމަކީ ޓޯއީ ސްޓޯރީގެ ހަތަރު ބަނަ ބައެވެ. ޖޯޝް ކޫލޭ ޑައިރެކްޓުކުރާ އެފިލްމު ޓްރެއިލާ މިހާރު ނެރެފައިވާއިރު ގިނަ ބަޔަކު ތިބީ އެފިލްމު ބެލުމަށް ކެތްމަދުވެފައެވެ.
މިފިލްމުތަކުގެ އިތުރުން އަސް، ޑައުންޓޮން އައްބޭ، ރޮކެޓްމެން، ދަ ވޮމެން އިން ދަ ވިންޑީ، ހާސްޓު ކުރިސްމަސް، ޑަމްބޯ، އަދި އިޓް:ޗެޕްޓާ 2 ވެސް މިއަހަރު ނެރުމަށް ވަނީ ނިންމާފައެވެ.