Comedy Actress Dame Maruvejje
image
ޑޭމް ޖޫން---
0 ކޮމެންޓް
 

ކޮމެޑީ އެކްޓަރެސް ޑޭމް މަރުވެއްޖެ

ހޮލީވުޑުގެ މަޝްހޫރު ކޮމެޑީ އެކްޓަރެސް ޑޭމް ޖޫން މަރުވެއްޖެއެވެ.
ލަންޑަނަށް އުފަން އުމުރުން 93 އަހަރުގެ ޑޭމް މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ރޭގަނޑެވެ. އޭނާ މަރުވި ސަބަބު އަދި ހާމަކޮށްފައި ނުވާއިރު އޭނާ ވަނީ ފިލްމު އިންޑަސްޓްރީގެ އިތުރުން ރޭޑިއޯއެއްގައި ވެސް މަސައްކަތްކޮށްފައެވެ.

ޑޭމް މަޝްހޫރު ވެފައިވަނީ 'ޓެރީ އެންޑް ޖޫން'، 'ކެރީ އޮން'، އެބްސޮލިއުޓްލީ ފެބިއުލަސް' ފަދަ ފިލްމުތަކުނެވެ. މުޅި އިންޑަސްޓްރީ އޭނާގެ ހަނދާން އާކުރަމުންދާއިރު ގިނަ ބަޔަކު އަދިވެސް ތިބީ ޝޮކެއްގައެވެ.

ޑޭމް ކައިވެނިކޮށްފައިވަނީ ޓިމް އިޓްޗްސޮން އާ 1950 ގައެވެ. އެކައިވެންޏަަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އެކުއްޖާވެސް ވަނީ މަންމަ ހެން ފިލްމީ ދާއިރާއަށް ނިކުމެފައެވެ. ޑޭމްގެ ފިރިމީހާ މަރުވެފައިވަނީ 2001 އަހަރެވެ.
މަރު ހޮލީވުޑް
ހިޔާލު