Adventures of Maldives video thakah Vote laan Hulhuvaalaifi
image
މިއަހަރުގެ މުބާރާތަށް 27 ވީޑިއޯ ވަނީ ހުށަހަޅާފަ:--
މަރިޔަމް ރިފާ
0 ކޮމެންޓް
 

އެޑްވެންޗާސް އޮފް މޯލްޑިވްސްގެ ވީޑިއޯ ވޯޓުލާން ހުޅުވާލައިފި

އެޑްވެންޗާސް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތް، ދިވެހި އާހިތައަށް ހުށަހަޅާފައިވާ ވީޑިއޯތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވައިފިއެވެ. leaward
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ މުބާރާތަށް 27 ވީޑިއޯ ހުށަހަޅާފައިވާއިރު މިވީޑިއޯތަކަށް މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވޯޓުލެވޭނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

މި މުބާރާތައް ހުށަހަޅާފައިވާ ވީޑިއޯތަކަށް ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް ވަނުމުން ވޯޓުލެވޭނެއެވެ. ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ރިއެކްޓް ލިބޭ 10 ވީޑިއޯއެއް ހޮވާއިރު މީގެ ތެރެއިން އެއްވަނައަށް ދާނީ ޖަޖުންގެ އިއްތިފާގުން އެންމެ ރީތި ވީޑިއޯއެކެވެ.

އެއްވަނައަށް ދާ ފަރާތަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނައަށް ދާ ފަރާތަކަށް ވިހި ހާސް ރުފިޔާގެ އިނާމެއް އަދި ތިންވަނައަށް ދާ ފަރާތަކަށް ގޯޕްރޯ ހީރޯ ފައިވްއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ގަދަ 10 އަކަށް ހޮވޭ ވީޑިއޯތައް އެމް.އެމް.ޕީއާރު.ސީގެ ޔޫޓިއުބް ވިޑިއޯ ޗެނަލްއާއި އެހެނިހެން ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުން އިޝްތިހާރުކުރާނެކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.
ފަތުރުވެރިކަން
ހިޔާލު