Shah Car ehge Furolheh Vagahnegi
image
ޝާހު ރުކް ހާން---
0 ކޮމެންޓް
 

ޝާހު ކާރެއްގެ ފުރޮޅެއް ވަގަށް ނެގި

ޝާހު ރުކް ހާނަކީ ބޮލީވުޑު އެންމެ ކާމިޔާބު އެއް އެކްޓަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ގިނަ ރީތި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާއިރު ޝާހު މީގެ ކުރިން ކާރެއްގެ ފުރޮޮޅު ވަގަށް ނެގި ކަމަށް އޭނާ ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ.
ޝާހު ވަނީ އޭނާ އެފުރޮޅު ވަގަށް ނެގި ވާހަކަ ކިޔާދީފައެވެ. އެގޮތުން ޝާހު ބުނީ އެފުރޮޅު ވަގަށް ނަގާފައިވަނީ އެއްދުވަހު އޭނާ ކާރު ދުއްވާފައި ދަނިކޮށް އޭނާގެ ކާރުގެ ފުރޮޅު ފަޅައިގެން ދިއުމުން، އެފުރޮޅު ހަދާ ނިމުމުން އަނެއް ފުރޮޅު ވެސް ފަޅާއިގެން ދިއުމާ ގުޅިގެންނެވެ. އަދި އިތުރު ފުރޮޅެއް ނެތުމުން އެތާ ކައިރި ޕާކު ކޮށްފައި އޮތް ހަމަ އެކަހަލަ ކާރެއްގެ ފުރޮޅު ވަގަށް ނެގީކަމަށެވެ.

ފުރޮޅު ވަގަށް ނެގުމަށްފަހު ޝުކުރުގެ ނޯޓެއްވެސް ކާރުގައި ހަރުކޮށް އެތަނުން ގޮސްފައިވާއިރު ޝާހު ބުނީ އެއީ އޭނާ އާންމުކޮށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްފަހަރު ކުރި ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ ވައްކަން ކުރި ސަރަހައްދު ޝާހު ހާމަކޮށްފައިނުވާއިރު ޝާހު ބުނިގޮތުގައި އެސަރަހައްދު ބުނެފިނަމަ އޭނާ އަދިވެސް އަތުވެދާނެ ކަމަށެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ ޒީރޯ އިންނެވެ. ޝާހު ރުކް ހާނާއެކު ކެޓްރީނާ ކައިފާއި އަނުޝްކާ ޝަރްމާ ލީޑު ރޯލުން ފެނިގެންދާ ފިލްމުގައި ޝާހް ފެނިގެންދާނީ ކުރު މީހެއް (ޑުއާފް)ގެ ރޯލުންނެވެ. އަދި ކެޓްރީނާ މަޝްހޫރު ތަރިއެއްގެ ގޮތުގައި ފެނިގެންދާއިރު އަނުޝްކާ ފެނިގެންދާނީ ހާއްސަ އެހީއަށް ބޭނުންވާ ސައިންޓިސްޓެއްގެ ރޯލުންނެވެ.
ހިޔާލު