Afgan gai Ran Nagaa Mine eh Beri, 30 Meehaku Maruvejje
image
0 ކޮމެންޓް
 

އަފްގާނިސްތާނުގެ ރަންނަގާ މައިނެއް ބެރި، 30 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގައި ރަން ނަގާ މައިނެއް ބެރި 30 އަށްވުރެ ގިނަ މީހަކު އެތަނުގައި ތާށިވެ މަރުވެއްޖެއެވެ.
އަފްގާނިސްތާނުގެ އޮފިޝަލުން ބުނީ އެގައުމުގެ އުތުރު ބަދަކްޝާން ޕްރޮވިންސްގައި މިއަދު ހިނގި ހާދިސާގައި ބެރިފައި ވަނީ 60 މީޓަރު (220 ފޫޓް) އަޑިއަށް ކޮނެފައި ހުރި މައިނެކެވެ. އެމައިނުން މައސައްކަތް ކުރަމުންދިޔައީ ކޯރެެއްގެ އަޑިއަށް ވާސިލްވެ އެތަނުން ރަން ނެގުޔމުގެ މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް މިއަދު މި ހިނގި ހިތާމަވެރި ހާދިސާއާއެކު މުޅި އެ މައިން ވަނީ އެއްކޮށް ބެދިފައެވެ.

އަފްގާނިސްތާނަކީ މިނަރަލް ނެގުމަށް މަޝްހޫރު ގައުމަކަށްވާއިރު، އެގައުމުގެ ހުރި މައިންތައް މުސްކުޅިވެ ރަނގަޅަށް ބަލަހައްޓަމުންނުދާތީ ވަނީ ސޭފްޓީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންނެވެ.

މި ހާދިސާގައި އިތުރު ހަތް މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށްވެސް އަފްގާނިސްތާނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އަފްގާން އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީއިން ބުނެފައި ވަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ފެށިގެން މައިނުގެ މަސައްކަތް ކުރަމުންދާ އެސަރަހައްދަށް މިހާރު ރެސްކިއު ޓީމެއް ފޮނުވާފައިވާ ކަމަށެވެ. އެހެން މަނަވެސް އެ މައިން ތަކަކީ ސަރުކާރަށް އެއްވެސް ކޮންޓްރޯލެއް ނޯންނަ އެއްޗެއް ކަމަށް އޮފިޝަލް ވަނީ ބުނެފައެވެ.
އަފްގާނިސްތާން
ހިޔާލު