Idhikolhu Candidate ah Votelee Meehaku Bangladesh gai Rapekolli Bayaku Hayyarukoffi
image
ބަންގްލަދޭޝްގައި އިންތިހާބާއި ގުޅިގެން މުޒާހަރާ ވަނީ ގިނަވެފަ .-- ފޮޓޯ : ގެޓީ އިމޭޖަސް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

އިދިކޮޅު ކެންޑިޑޭޓަށް ވޯޓްލީ މީހަކު ބަންގްލަދޭޝްގައި ރޭޕްކޮށްލި ބަޔަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގައި އިދިކޮޅު ކެންޑިޑޭޓަށް ވޯޓްލައިގެން އަންހެނަކު ރޭޕްކުރި މައްސަލާގައި 7 މީހުން ހައްޔަރު ކޮށްފިއެވެ. މީގެ ތެރެގައި ވެރިކަން ކުރާ ޕާޓީގެ ވެރިއެއްވެސް ހިމެނެއެވެ. Dhiraagu
ރޭޕްގެ ޝިކާރައަކަށް ވި 4 ކުދިންގެ މަންމަ ކަމަށްވާ ބަންގްލަދެޝް އަންހެންމީހާ ބުނީ އޭނާ ރޭޕްކޮށްލީ މިދިޔަ ހަފްތާގައި ލީ ވޯޓުގައި އޭނާ އިދިކޮޅު ޕާޓީއަށް ވޯޓު ލުމުގެ ސަބަބުންކަމަށެވެ.

މިމައްސަލާގައި ހައްޔަރު ކުރި 7 މީހުންވެސް ވަނީ ރޭޕްގެ ތުހުމަތަށް އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައިވާ ވެރިކަންކުރާ ޕާޓީގެ ވެރިއަކު އެޕާޓީން ވަނީ ވަކިކޮށްފައެވެ.

ރޭޕްގެ ޝިކާރާއަކަށް ވެފައިވާ އަންހެން މީހާގެ ފިރިމީހާ ބަންގްލަދޭޝް ޕޮލިހަށް ކުރި ޝަކުވާގައި ބުނީ އެ 7 މީހުން އެގެއަށް ވަދެ އޭނާ އާ އޭނާގެ 4 ދަރިން އައްސާ އޭނާގެ އަންހެނުން ރޭޕު ކުރީ ކަމަށެވެ.

ބަންގްލަދޭޝްގެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރަމުންދާ ބަންގްލަދެޝްގެ އަވާމީ ލީގު ޕާޓީ އިންނެވެ. ނަމަވެސް އެ ޕާޓީ އަށް ކާމިޔާބީ ފާހަގަ ކުރަން ފުރުސަތެއް ނުލިބެނީސް މިކަމާގުޅިގެން ވަނީ މާރަމާރީ ހިންގަން ފަށާފައެވެ. މި މާރަމާރީގައި 17 މީހުން ވަނީ މަރުވެފައެވެ.
ހިޔާލު